ފަތުރުވެރިން އައުން ހުއްޓާލުމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ނިންމައިފި

އެޑިޓަރު 24 މާރިޗު 2020 19:08
Flowers
ރައީސް ސޯލިހް އަދި އަލީ ވަހީދު

ކޮވިޑު-19 އާއި ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން މަދުވެ މުޅިންހެން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓާލުމާއި ގުޅިގެން ސަރުކާރުން ރާއްޖޭގެ ބޯޑަރުތައް ބޭރުގެ ފަރާތްތަކަށް ބަންދުކުރުމަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެެއްގެ އިސް ވެރިއަކު "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ގޮތުގައި ސަރުކާރުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ނިންމައި އެކަމާ ބެހޭ މަޝްވަރާ ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި މިއަދު ބައްދަލު ކުރިކަމަށެވެ

އަދި އެ ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ވަނީ މިހާރު ފަތުރުވެރިންވެސް އައުން ވަރަށް ބޮޑަށް މަދުވެފައިވާތީ ބޯޑަރު ބަންދު ކުރުމާއި މެދު އެ ބޭފުޅުންގެ އިއުތިރާޒެއް ނެތްކަމަށް ވިދާޅުވެފައެެވެ. އަލީ ވަހީދު ވަނީ މިރޭ ބާއްވާ ކެބިނެޓު ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނެކަމަށް ވިދާޅުވެފައެވެ. އަދި 1 އޭޕްރިލް އިން ފެށިގެން 2 ހަފްތާގެ މުއްދަތަށް ރާއްޖޭގެ ހުރިހާ ބޯޑަރެއް ބޭރުގެ ފަރާތްތަކަށް ބަންދު ކުރަން ކެބިނެޓުން ނިންމާނެ ކަމަށްވެސް އަލީ ވަހީދު ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ. 

މީގެ އިތުރުން ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ރިސޯޓު ދޫކޮށް ދެވޭނީ ރިސޯޓުގައި އެންމެ ފަހުން ހުންނަ ފަތުރުވެރިޔާ ރިސޯޓު ދޫކޮށް ދިޔުމުން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. 

ރާއްޖޭގެ އެއާޕޯޓު ބަންދު ކުރުމަށް ސަރުކާރުން ނިންމާފައި މިވަނީ ގިނަ އަދަދެއްގެ ސިއްހީ މާހިރުން އެކަމަށް ގޮވާލާ ދުވަސްތަކެއް ވީ ފަހުންނެވެ. މީގެ ކުރިން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަލީ ވަހީދު ވަނީ ރާއްޖޭގެ އެއާޕޯޓު ބަންދު ނުކުރާނެ ކަމަށާއި ރާއްޖޭގެ ހާލަތު މިއޮތީ ރަނގަޅަށް ކަމަށް ވިދާޅުވެފައެވެ. މާޗް މަހުގެ ކުރީ ކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅީ ފަތުރުވެރިކަން މިމަހުގައިވެސް އަންނާނީ ރަނގަޅުވަމުން ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން މިއަހަރު ކުރިވެސް އަރާނެކަމަށެވެ. 

ނަމަވެސް ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ރާއްޖެއަށް ދަތުރު ކުރުން ހުއްޓާލުމާއި ގުޅިގެން ފަތުރުވެރިން ރާއްޖެއަށް އައުން ވަނީ ހުއްޓިފައެވެ. އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައ ހިނގާފައިވަނީ އެންމެ 15 ފްލައިޓް މޫވްމެންޓެވެ. އަދި 150 ފަސިންޖަރުން އައިސްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ދިވެހިންނާއި ވޯކް ވިސާގައި އައިސްފައިވާ ބައެއް ފަރާތްތަކެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި ކުންފުނިތައް ކަމުގައިވާ ވިލާ ގްރޫޕް، ޔުނިވާސަލް، އަދި ޗަމްޕާ އެންޑް ކްރައުން ކޮމްޕެނީގެ ރިސޯޓުތައް ވަނީ މިހާރު ބަންދުކޮށްފައެވެ. މުޅި އެކު 45 ރިސޯޓު މިހާތަނަށް ބަންދުކޮށްފަައިވާއިރު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިތުރު ރިސޯޓުތައް ބަންދު ކުރާނެކަމަށް ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
އާދަނު
ވާނެ އެއްޗެއް ވެނިމުނީތަ ބަންދުކުރަންވީ ގައިމު ކުރިން ބަންދު ކުރިނަމަ މިނުރައްކާތެރި ރޯގާ ނައީސް ރާއްޖެ އަދި މި ރޯގާ ކަންތައް ނިމުނީމަ ފަތުރުވެރިންވެސް އަންބުރާ އަނާނެ މާ ހިތް ހަމަ ޖެހިގެން
ދދދދދދ
ނޫނޭ އަދިވެސް ބޮޑުކަނޑާ ފޮނި ކަނޑާ ކަރާ.
މަބްރޫކު:
"މިއީ ކަނޑައެޅިގެން ދޮގެއް"
ޢައިޝާ
މީ ދޮގު ޚަބަރެއް ކަމަށް ދެންމެ މަބުރޫކު ބުނެފި، ދޮގު ޚަބަރު ފަތުރާ ނޫސް ތަކާމެދު ފިޔަވަޅު އަޅަން ގޮވާލަން.
ޟ
ރިސޯޓު މުވައްޒަފުންނަށް ރިސޯޓު ދޫކޮށް ދެވެން ވާނީ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން