މުސާރަ ނުލިބޭ ގޮތަށް ފެނަކައިގެ މުވައްޒަފުންނަށް ޗުއްޓީއެއް

މަރިޔަމް ލީނާ 24 މާރިޗު 2020 12:36
Flowers
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު

ފެނަކަައިގެ މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއެއް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެ ކުންފުނިން އެ ކުންފުނީގެ ހުރިހާ ބްރާންޗުތަކަށް ފޮނުވި ސާކިއުލާއެއްގައިވާ ގޮތުން މުސާރަ ނުހިނގާ ގޮތަށް 30 ދުވަހުގެ ޗުއްޓީއެއް ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފައެވެ. އަދި އެކަމަށް އެދޭ މުވައްޒަފުން އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމެންޓަށް ލިޔުމުން އެކަން ހުށަހެޅުމަށްވެސް އަންގާފައިވެއެވެ. 

ފެނަކައިން މިފުރުސަތު މުވައްޒަފުންނަށް ދޭން ނިންމީ ކީއްވެކަމެއް ސާފެއް ނޫނެވެ. ނަމަވެސް ބޮޑަށް ބެލެވެނީ ކޮވިޑު-19 އާއި ގުޅިގެން ހަރަދު ކުޑަކުރުމުގެ ނިޔަތުގައި އެޅި ފިޔަވަޅެއް ކަމަށެވެ. 

ސަރުކާރުން ވަނީ ކަރަންޓު ބިލުން 40 އިންސައްތައިގެ ލުޔެއް ދޭނެކަން އިއުލާންކޮށްފައެވެ. އެހެން ކަމުން ފެނަކައިގެ އާމްދަނީއަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޖާނޭ
އެއީ ބޭނުންވީހަކަށް ލިބިދޭ ފުރުސަތެއް.އެޗުއްޓީ ނަގަންބޭނުން ނުވާމީހުން ވަޒީފާގާ ތިބެންވީނު.