ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވައިފިނަމަ އެކަމުގެ އަގުވަޒަން ކުރާނަން: ޝަހީމް

ހަޔާ ޔޫސުފް 20 މާރިޗު 2020 11:24
Flowers

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވައިފިނަމަ އެކަމުގެ އަގުވަޒަންކުރައްވާނެ ކަމުގައި ރައީސް ޔާމީނުގެ އިންތިޚާބީ ބައިވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި، ރާއްޖެއިން ކޮވިޑް-19 ފެނިފައިވުމަށް އިޝާރާތްކުރައްވައި ޑރ.ޝަހީމު ވިދާޅުވީ މިއަދު ޤައުމަށް ކުރިމަތިވެފައިވަނީ ވަރަށް ހިތާމަވެރި ނުތަނަވަސް ޙާލަތެއް ކަމުގައެވެ. އަދި މިޙާލަތުގައި ޤައުމީ ލޯތްބާއި ޤައުމީ އެއްބައިވަންތަކަމާއި އަދި ޤައުމީ ރޫޙަށް ޖާގަދެއްވުމުގެ ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމުގައިވެސް ޝަހީމު ވިދާޅުވެފައިވެއެވެ. 

ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލާކަން ކުރެއްވި ޑރ.ޝަހީމު ވިދާޅުވެފައިވަނީ މިފަދަ ވަގުތެއްގައި ރައީސް ޔާމީނު ގެއަށް ބަދަލުކުރެއްވުމަކީ އެބޭފުޅުން އަގުވަޒަންކުރައްވާނެ ކަމެއް ކަމުގައެވެ. 

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރިންގެ ދަޢުވާ ސާބިތުވެފައިވާ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވެއެވެ. އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގައި އެޙުކުމް ތަންފީޒުކުރެއްވުމުގައެވެ. އަދި މިހާރު އެމްއެމްޕީއާރުސީ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އައު ތުހުމަތުތަކެއް އުފުލައި ފުލުހުން އެމައްސަލަ ތަޙުޤީޤުކުރަމުން އެބަ ގެންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޞަލާ
ޝަރުޢީ ޙުކުމް ތަންފީޒްކޮށް ނިމެންދެން މަޑުމަޑުން ހުންނަވާ
ހަޖަމް
ޝަހީމް އަކީ ހެޔޮގޮތުގަ ދީނީ އިލްމު ލިބިފަހުރި މީހެއްކަމާ ދޭތެރޭ މިހާރު ސައްކު އުފެ ދޭ..އިސްލާމު ދީނުގަ ވައްކަން ކުރުމުގެ ނުބައިކަމާާ ވައްކަން ކުރުމަކީ ﷲ ހަރާމް ކުރައްވާފަވާ ކަމެއްކަން ސަހީމްއަށް މިހާރު އޮޅިގެން މިއުޅެނީ ޔާމިން ވައްކަން ކޮށްގެން ހޯ ދި ސާމާން ގަނޑު މިހާރު ނުހިބެން ފެސީމަބާ؟
އަލާ
އަންނި ވެސް އަ ދި ތަންފީޒު ނުވޭ ޖަލަށް ލާ އެންމެނަކު ނި ދާފަ ނުތިބޭނެ
ހުސެންރަޝީ ދު
އަޅުގަނޑުމެންވެސް އެކަމެއްގެ އަގުވަޒަން ކުރާނެ ކިތަންމެ ކަމެއް އެބަހުރި!!! ސަހީމް ތިޔަހެންވި ދާޅުވާއިރު އަނެކަކާގެ ހައްގުގައި ކިތައްބޭފުޅުން ވާހަކަ ދައްކަން ހުންނާނެތޯ؟ ރައީސް ޔާމީން ހަމަ ހުރެފަ ހުކުންތަންފީޒު ކުރަން ޖެހުނީތޯ؟ ކުށެއްސާބިތުވީމަ އެކުރި ކުށެއްގެ މިންވަރުން އެކުށަކައްއަދަބުލިބެން ޖެހޭނެ. ސަހީމްމެން ފެންވަރުގެ ބޭފުޅުން ތިޔަކަހަލަ ތާކުން ތާކުން ނުޖެހޭ ބަސްތައް ބޭރު ކުރީމަ މިގައުމުވެސްލަ ދު!