Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ވިޔަފާރިތަކުން ޓެކްސް ނެގުން ހުއްޓުމުގެ ވިސްނުމެއް ނެތް: ފައްޔާޒު

މި ދަނޑިވަޅުގައި ވިޔަފާރިތަކުން ޓެކްސް ނެގުން ހުއްޓުމުގެ ވިސްނުމެއް ނެތް ކަމަށް އިޤްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުގެ އިޤްތިސާދީ އެހީގެ ޕެކޭޖާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަރަށް ގިނަ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރިތަކުން ޓެކްސް އަދި ބިމު ކުލި ނެގުން ފަސް ކުރުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމާއި ގުޅިގެންނެވެ.
ފައްޔާޒު ވިދާޅުވީ މިވަގުތަށް ޓެކްސް ނެގުން ފަސްކުރަން ނުވަތަ ބިމު ކުލި ނުނެގުުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށެވެ. އަދި މިވަގުތު ސަރުކާރުން ފޯރުކޮށްދޭން ނިންމާފައިވާ އެހީތަކުގެ ސަބަބުން ވިޔަފާރިތަކަށް އެކަންކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ޓެކްސް އަދި ބިމު ކުލި ނެގުން ހުއްޓުމުގެ ވިސްނުމެއް ނެތް ނަމަވެސް ކަރަންޓު ބިލާއި ފެންބިލުން ލުއިތަކެއް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮވިޑު-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިސާދަށް ވަނީ ވަރަށް ބޮޑު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. ޤައުމާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި މިއަހަރު އާމްދަނީން 6 ބިލިއަނަށްވުރެ ގިނަ ރުފިޔާ މަދުވާނެއެވެ. އަދި އިޤްތިސާދު ކުރިއަރާ މިންވަރު ހުންނާނީ މައިނަސް 5.5 އިންސައްތައިގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ