Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ހައި ޑެފިނިޝަންކޮށް ސްޓްރީމް ކުރުން ހުއްޓާލުމަށް އީޔޫ އިން ނެޓްފްލިކްސް އަށް އަންގައިފި

ނެޓްފްލިކްސް އާއި އެފަދަ ހިދުމަތްދޭ އެހެނިހެން ފަރާތްތަކުން ވިޑީއޯ ސްޓްރީމް ކުރާއިރު ހައި ޑެފިނިޝަންކޮށް ނުކުރުމަށް ޔޫރަޕުގެ އިއްތިހާދުން އެ ފަރާތްތަކަށް އަންގައިފިއެވެ.
އީޔޫއިން މިގޮތަށް އަންގާފައިވަނީ ކޮވިޑު-19 އާއި ގުޅިގެން ގިނަ އަދަދަކަށް މީހުން އެއްފަހަރާ އިންޓަނެޓު ބޭނުން ކުރުމުގެ ސަބަބުން އިންޓަނެޓުގެ ހިދުމަށް ބޫރޫ އަރާފާނެތީއެވެ. ޔޫރަޕުގެ އާބާދީ ބޮޑެތި ޤައުމުތައް ކަމަށްވާ އިޓަލީ، ފްރާންސް، ޖަރުމަން އަދި ސްޕެއިން އެއްކޮށް ލޮކްޑައުންއަކަށް ގޮސްފައިވާއިރު އެތައް ހާސް ބަޔަކު ގެއިން ނުނިކުމެ ތިބެން ޖެހުމުން އިންޓަނެޓަށް ވަރަށް ބާރު ބޮޑުވާނެތީ އީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޔޫރަޕިއަން ކޮމިޝަނަރ ތިއެރީ ބްރެޓަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނެޓްފްލިކްސްގެ ސީއީއޯ ރީޑް ހާސްޓިންގްސް އާއި ބައްދަލުކުރެއްވި ކަމަށާއި، އަދި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ. އަދި މިދަނޑިވަޅުގައި އެޗްޑީކޮށް ނެޓްފްލިކްސް ބޭނުންކުރުން މުހިންމު ނޫންކަމަށްވެސް ތިއެރީ ވިދާޅުވިއެވެ.
ކޮވިޑު-19 އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ގޭގައި ތިބެން މަޖުބޫރުވުމުގެ ސަބަބުން އިންޓަނެޓު ބޭނުން ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފޭސްބުކްއިންވެސް ވަނީ އެ ވެބްސައިޓު ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިކަން ހާމަކޮށްފައެވެ.
މި ލިއުމާއި ގުޅޭ