Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މިއަދު ބިންގާ އެޅި މަޝްރޫޢަކީ ކުރީ ސަރުކާރުން ހުރިހާ ކަމެއް ހަމަޖައްސާފައިވާ މަޝްރޫޢެއް

މިސަރުކާރުން ފަށަން އަލަށް އިޢުލާނު ކުރި 1500 ހައުސިން ޔުނިޓުގެ މަޝްރޫޢަކީ، ކުރީ ސަރުކާރުން ފައިސާ ހަމަޖައްސައި ކުރިއަށް ގެންދިއުމަށް ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ މަޝްރޫޢެއްކަން "ދިޔަރެސް" ނޫހަށް ކަށަވަރުވެއްޖެއެވެ.
"ދިޔަރެސް" ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމަޝްރޫޢަކީ ކުރީ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢެކެވެ. އެއިރު ކުރީ ސަރުކާރުން ރާވާފައިވަނީ މިމަޝްރޫޢުގެ ދަށުން 2500 ހައުސިން ޔުނިޓު ބިނާކުރުމަށެވެ. އެއީ 2 ކޮޓަރީގެ ޔުނިޓުތަކެކެވެ. އަދި މަޝްރޫޢަށް ބޭނުންވާ ފައިސާގެ ތެރެއިން އިކުއިޓީ ލޯނު ހަމަޖައްސާފައިވަނީ ބޭންކް އޮފް ޗައިނާ ލަންޑަން ބްރާންޗް މެދުވެރިކޮށެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޗައިނާ ކުންފުންޏެއް ކަމުގައިވާ ސީނޯ ހައިޑްރޯއެވެ.
އަދި ރައީސް ޔާމީނުގެ ވެރިކަން ނިމިގެން ދިޔައިރު މިމަޝްރޫޢު ފުރިހަމަކުރުމަށް ބޭނުންވާ ފައިސާގެ 85% ލިބޭނެ އިންތިޒާމު ހަމެޖިހިފައިވާކަން މުޢުތަބަރު މަޞްދަރަކުން ދިޔަރެސް ނޫހަށް ކަށަވަރުކޮށްދީފައިވެއެވެ. އަދި އިކުއިޓީއާއި މަސައްކަތް ކުރުން ފަދަ ހުރިހާ ތަފުޞީލެއް ހަމަޖެހި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާކަންވެސް ކަށަވަރުކޮށްދީފައިވެއެވެ.
ވެރިކަން ބަދަލުވުމާއެކު، ކުރީ ސަރުކާރުން ނިންމާފައިވާ ގޮތަށް 2 ކޮޓަރީގެ 2500 ހައުސިން ޔުނިޓު އެޅުމުގެ ބަދަލުގައި 3 ކޮޓަރީގެ 1500 ހައުސިން ޔުނިޓު އެޅުމަށް މިސަރުކާރުން ނިންމައި އެގޮތަށް މަޝްރޫޢު ބަދަލުކޮށް އަޅާ ފުލެޓުގެ ޢަދަދު މަދުކުރިކަންވެސް ދިޔަރެސްއަށް ކަށަވަރުވެފައިވެއެވެ. މިމަޝްރޫޢަށް މިސަރުކާރުން ގެނެސްފައިވަނީ ދެ ބަދަލެއް ކަމުގައާއި އެއީ މިމަޝްރޫޢު އެޗްޑީސީއިން ހިންގާ ގޮތަށް އޮތް އޮތުން، އެފްޑީސީ ގެ ދަށަށް ބަދަލުކޮށް، ހައުސިން ޔުނިޓުތަކުގެ ޢަދަދު މަދުކޮށް ކޮޓަރީގެ ޢަދަދު އިތުރުކުރީ ކަމުގައިވެސް ދިޔަރެސްއަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ބަދަލުތަކާ ގުޅިގެން މި މަޝްރޫޢު ހިންގުމަށް ބޭނުންވާ ފައިސާ އެ ބޭންކުން ހަމަނުޖެހުމުގެ ބިރު އޮތްކަމަށް ދިޔަރެސްއަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ރިސްކު އޮތްކަން ސަރުކާރަށްވެސް އެނގި ތިބެ މަޝްރޫޢަށް ބަދަލުގެނައީ ގަސްތުގައި ކަމަށެވެ.

މިމަޝްރޫޢަކީ ކުރީ ސަރުކާރުން ހަމަޖައްސާފައިވާ މަޝްރޫޢެއް ކަމާއި ބޭންކާއި، މަސައްކަތްކުރާ ކުންފުންޏާއި ފައިސާ ދޭ ގޮތުގައި އެއްވެސް ތަފާތެއް ނެތްކަން ފާހަގަވެއެވެ.
މި ލިއުމާއި ގުޅޭ