Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރާއްޖެއިން އިތުރު 2 މީހުން ކޮރޯނާއަށް ޕޮޒިޓިވްވެއްޖެ

ޅ.ކުރެއްދޫއިން ކޮރޯނާއަށް ޝައްކު ކުރެވިގެން ސާމްޕަލް ނެގި މީހުންގެ ތެރެއިން އިތުރު ދެމީހުން ކޮރޯނާއަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ 2 ބިދޭސީންކަމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައިކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒުވަނީ ވިދާޅުވެފައެވެ.
އެ ދެމީހުންނާ އެކު ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 6 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެތެރެއިން ފުރަތަމަ ޕޮޒިޓިވްވީ ކުރެއްދޫ ރިޒޯޓްގައި މަސައްކަތްކުރާ ދެ ސްޓާފުންނެވެ. އެއަށްފަހު ބަތަލާ އައިލެންޑް ރިޒޯޓުންވެސް ދެމީހުންވަނީ ކޮރޯނާއަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން ފުރައިގެން އިޓަލީއަށް އެނބުރި ދިޔަ ފަހުން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާވަނީ ޅ ކުރެއްދޫ ރިސޯޓުގެ އިތުރުން ރާއްޖެއިން ފުރައިގެން ދިޔުމުގެ ކުރިން މާލޭގައި މަޑުކޮށްފައި ކަމަށް ސަރުކާރުންވަނީ ހާމަކޮސްފައެވެ.
ސަރުކާރުން ބުނެފައިވަނީ އޭނާ މަޑު ކުރީ މާގިރި ހޮޓަލުގައި ކަމުގައެވެ. އަދި އޭނާގެ ޓިކެޓު ބަދަލުކުރުމަށް ޔުނިވަރސަލް ޓިކެޓިންއަށް ދިޔަ ކަމުގައިވެސް ސަރުކާރުގެ ފަރާތުން ކޮވިޑް-19 ތަރުޖަމާން މަބްރޫޤު ޢަޒީޒު ވިދާޅުވިއެވެ. އޭނާ މަޑުކުރި މާގިރި ހޮޓަލުގެ 15 ފަރާތެއް އެކަހެރިކޮށްފައިވާ ކަމުގައި މަބްރޫކު ވިދާޅުވިއެވެ. އަދި އެއިން އެއްވެސް ފަރާތެއްގެ ކިބައިން ކޮވިޑް-19ގެ ޢަލާމާތްތައް ފެނިފައިނުވާ ކަމުގައި މަބްރޫކު ވިދާޅުވިއެވެ. އަދި ޔުނިވަރސަލްގެ މުވައްޒަފެއްގެ ކިބައިން ބަލީގެ ޢަލާމާތްތައް ފެނުމާ ގުޅިގެން ފަރުކޮޅުފުއްޓަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.
މި ލިއުމާއި ގުޅޭ