Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މިވަގުތަކީ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު: ޢަބްދުއްރަޙީމް

ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދިޔަ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާ ގުޅިގެން މިވަގުތަކީ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތެއް ކަމުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވެފައިވަނީ ދާދި ދެންމެއަކު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. ޢަބްދުއްރަޙީމުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ މިވަގުތަކީ ޚިޔާލު ތަފާތުވުންތައް ދޫކޮށްލައި އެއްފަރާތްކުރަންވީ ވަގުތު ކަމުގައިވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
Mivaguthakee kh’iyaalu thafaathuvunthah dhookohlaa ehbai vanthakan iskuranvee vaguthu.rayyithunge rahkaatheri kamahtakai maiy Allah ge hazurathun vaagi edhi thibe masahkaiy kuranvee vaguthu.Yaa Allah!Coronavirus ge nurahkaatheri kamun alhamen salaamaiy kurahvaafaan dheyve.Aameen!— Abdul Raheem Abdulla (@Banafsaa) March 7, 2020

އޭނާ ފާހަގަކުރެއްވި ގޮތުގައި މިވަގުތަކީ ހުރިހާ އެންމެން އެކަތިގަނޑެއްގެ ގޮތުގައި މިބަލިން ސަލާމަތްވުމަށް މާތްﷲ ޙަޟްރަތުން ވާތްގާއި މަދަދަށް އެދެމުން މަސައްކަތްކުރަންވީ ވަގުތެވެ. އަދި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައިވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމްގެ ޓުވީޓު ނިންމަވާލައްވާފައިވަނީ ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަމުން މިންޖުކޮށްދެއްވުމަށް މާތް ﷲ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
މި ލިއުމާއި ގުޅޭ