Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ނަޝީދުގެ އެޖެންޑާ ދިވެހިންނަށް މިހާރު ސާފު: ޑރ.ޖަމީލް

ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެންގުޅުއްވާ އެޖެންޑާއަކީ ކޮބައިކަން މިހާރު ދިވެހިންނަށް ސާފުވެފައިވާ ކަމުގައި ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
މިފަދައިން ޑރ.ޖަމީލު ވިދާޅުވީ ދީނާ ދެކޮޅު ޖަމްޢިއްޔާތަކުން ރާއްޖޭގައި ހަރަކާތްތެރިވާން ފުރުޞަތު ނުދެއްވާނެ ކަމުގައި ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓުވީޓަކަށް އިޝާރާތްކުރައްވައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދީނާ ދެކޮޅު ޖަމްޢިއްޔާތައް ރާއްޖެ ގެނެސްގެން އުޅޭ ކަމުގައި ދައްކާ ވާހަކައަކީ ނަފުރަތާއި ރުޅިވެރިކަން ފަތުރުވަން ދައްކާ ވާހަކައެއް ކަމުގައެވެ.
ރައީސް ނަޝީދުގެ އެވާހަކަފުޅަށް ރައްދުދެއްވަމުން ޑރ.ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސް ނަޝީދު އެމްޑީއެން ދިފާޢުކުރެއްވި ކަމުގައެވެ. އަދި ނަޝީދު އެމްޑީއެންގެ ދިފާޢުގައި ވާހަކަދެއްކެވީ އެޖަމްޢިއްޔާއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ތައުހީނުކޮށްފައިވާތީ އެކަމާ ގުޅިގެން އެޖަމްޢިއްޔާއާމެދު ސަރުކާރުން ފިޔަވަޅު އަޅައި ފުލުހުން ތަޙުޤީޤުކުރުމަށް ފަހުގައި ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން ރާއްޖޭގެ ރަށްރަށުގެ ކައުންސިލުތަކުން އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށް ބަޔާންތައް ނެރެފައިވާއިރު، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލުތަކުން އެރިޕޯޓު ކުއްވެރިކޮށް ބަޔާން ނެރެފައިނުވާކަން ޖަމީލު ފާހަގަކުރެއްވިއެވެ. އަދި އެހުރިހާ ކަމަކުން ރައީސް ނަޝީދުގެ އެޖެންޑާއަކީ ކޮބައިކަން ދިވެހިންނަށް ސާފުވާ ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ.
އިނގެރޭސިވިލާތަށް ނިސްބަތްވާ ކުއިލިއަމް ފައުންޑޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި ވޯކްޝޮޕުތަކުގައި ދީނާއި ޢާންމު ދިރިއުޅުން ވަކިކުރުމުގެ ފިކުރު ފަތުރަން މަސައްކަތްކޮށްފައިވާކަން ހާމަވެފައިވާއިރު، އެޖަމްޢިއްޔާ ރާއްޖެ ގެނައުމުގައި އިސްކޮށް ހުންނެވީ ރައީސް ނަޝީދާއި ރައީސް އޮފީހުގެ ޓެރަރިޒަމް ކޮންސަލްޓެންޓު ނޫޝިން ވަޙީދު ކަމުގައި އިތުބާރު ހުރި މަޞްދަރުތަކުން މަޢުލޫމާތު ލިބިފައިވެއެވެ.
ކުއިލިއަމް ޖަމްޢިއްޔާއިން ބޭއްވި ވޯކްޝޮޕުތަކުގައި ދައްކާފައިވާ ވާހަކަތައް މީޑިޔާތަކުން ކަވަރުކުރުމާ ގުޅިގެން އެއީ ރުޅިވެރިކަމާއި ނަފުރަތު އުފެއްދުން ކަމުގައި ބުނެ އެމްޑީޕީން ބަޔާނެއް ނެރެފައިވެއެވެ.
މި ލިއުމާއި ގުޅޭ