Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

އުރީދޫ އަހަރީ އާންމު ޖަލްސާ އަންނަ މަހު 2 ގައި

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު މުވާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާުޗު މަހުގެ 2 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
އުރީދޫއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އޭޖީއެމް އޮންނާނީ 2 މާރޗުގެ ރޭގަނޑު 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލްގައި ކަމަށެވެ.
އެ ޖަލްސާގައި، މިދިޔަ އަހަރުގެ މާލީ ހިސާބުތަކާއި، އޮޑިޓަރުންގެ ރިޕޯޓު ފާސް ކުރުމާއި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ފާސްކުރުމާއި، މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް އޮޑިޓަރުންގެ އުޖޫރަ ކަނޑައެޅުން އޮންނާނެކަމަށް އޫރިދޫއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އެ ޖަލްސާގައި މިދިޔަ އަހަރު ބޭއްވީ އޭޖީއެމްގެ ޔައުމިއްޔާ ފާސްކުރުމާއި، ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުންވެސް އޮންނާނެއެވެ.
މީގެ އިތުރުން މިއަހަރު ޑިވިޑެންޑުގެ ގޮތުގައި ހިއްސާދާރުންނަށް ބަހާނެ ފައިސާ ކަނޑައެޅުމާއި، އާންމު ހިއްސާ ދާރުންގެ ފަރާތުން ބޯޑަށް އައްޔަން ކުރާ ޑިރެކްޓަރު އިންތިހާބު ކުރުންވެސް މިޖަލްސާގައި އޮންނާނެއެވެ.
އުރީދޫއަށް ފާއިތުވި އަހަރު ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އުރީދޫއަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑު އެއް ކުންފުންޏެވެ.
މި ލިއުމާއި ގުޅޭ