Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މެންބަރުން ވަކިކުރެވޭ ގޮތަށް ޤާނޫނު އިޞްލާޙުކުރުމަށް ތާއީދުކުރާނަން: އުޝާމް

ރައްޔިތުން މަޖިލިހުގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ޢާންމު ވޯޓެއް ނަގައި އެމެންބަރުން މަޤާމުން ވަކިކުރެވޭ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙުކޮށް ޤާނޫނެއް ހެދުމަށް ތާއީދުކުރައްވާ ކަމުގައި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
މަޖިލިސް މެންބަރު ކަމުގެ ދައުރުގެ ތެރޭގައި އެމެންބަރަކު ތަމްސީލުކުރާ ދާއިރާގެ ޢާންމުންގެ ތާއީދު އެމެންބަރަކަށް ގެއްލިއްޖެނަމަ، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މެންބަރު މަޤާމުން ވަކިކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނެސް، މެންބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނެއް އެކުލަވައިލުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރުދާއިރާ ގޮނޑިއަށް ވާދަކުރެއްވި ޤާނޫނީ ވަކީލު ޙަމްޒާ ޚަލީލެވެ.
ޙަމްޒާ ވިދާޅުވެފައިވަނީ އެދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލިހުގެ ނައިބުރައީސް އީވާ ޢަބްދުﷲ މެދުވެރިކޮށް މަޖިލިހަށް މިބިލު ހުށަހެޅުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ. އުޝާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އީވާ މެދުވެރިކޮށް އެބިލު މަޖިލިހަށް ހުށަހެޅުއްވުމުގައި ދަތިތަކެއް މެދުވެރިވެއްޖެނަމަ، އެބިލު މަޖިލިހަށް ވެއްދުމުގައި ޙަމްޒާއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައެވެ.
ޙަމްޒާ ޚަލީލު ވިދާޅުވެފައިވާ ގޮތުގައި މަޖިލިސް މެންބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ ޤާނޫނު މިހާރު އެކުލަވައިލާ ނިމިފައިވެއެވެ. އެގޮތުން މެންބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭނެ ސަބަބުތަކާއި ވޯޓު ނެގުމަށް ފުރިހަމަވާންޖެހޭ ކަންކަން ހިމަނައިގެން ޑްރާފްޓެއް ތައްޔާރުކުރައްވާފައިވާ ކަމުގައި ޙަމްޒާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ