ހަރަދު ކުޑަކުރަން އަންގާފައިވަނިކޮށް ހެލްތަށް ޑެޕިއުޓީ މިނިސްޓަރެއް އައްޔަންކޮށްފި!

ޙުސައިން އަފްޝަން 16 ފެބްރުއަރީ 2020 17:58
Flowers
ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު

ރާއްޖޭގެ އިޤްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އެންމެހާ އިދާރާތަކަށް އަންގާފައިވަނިކޮށް ހެލްތު މިނިސްޓްރީއަށް ނައިބު ވަޒީރަކު އައްޔަންކޮށްފިއެވެ. 

އެގޮތުން ހެލްތު މިނިސްޓްރީގެ ނައިބު ވަޒީރަކަަށް އައްޔަންކޮށްފައިވަނީ އަބޫބަކުރު އަބްދުލް ކަރީމެވެ. މީގެ ކުރިން އަބޫބަކުރު އަބްދުލް ކަރީމް ހުންނެވީ، ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އަދި މީގެ ކުރިން އަބޫބަކުރު ވަނީ ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަޤާމުގައިވެސް މަސައްކަތް ކުރައްވާފައެވެ.

އަބޫބަކުރު މިވަގުތު ދަނީ އޮފީސް މެނޭޖްމެންޓުން ޑިޕްލޮމާ ފެންވަރަށް ކިޔަވައި ވިދާޅުވަމުންނެވެ. އަދި މީގެ ކުރިން ކޮމިއުނިޓީ ހެލްތު ދާއިރާއިން އެޑްވާންސް ސެޓްފިކެޓްވެސް ފުރިހަމަ ކުރައްވާފައިވާކަމަށް މައުލޫމާތުލިބެއެވެ.

މިދިޔަ ހަފްތާގައި ފިނޭންސުންވަނީ، ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ދައުލަތުގެ އިދާރާތަކަށް އަންގާފައެވެ. މިގޮތުން އާ މަޤާމުތައް ނުއުފެއްދުމަށާއި، ރާއްޖެއިން ބޭރަށް އޮފީސް ދަތުރު ނުކުރުމަށާއި އިތުރު ގަޑި ލިމިޓު ކުރަން ވަނީ އަންގާފައެވެ. ނަމަވެސް އޭގެ ފަހުންވެސް ދައުލަތުގެ ވަޒީރުން ބައެއް ޤައުމުތަކަށް ޒިޔާރަތް ކުރައްވާފައިވެއެވެ. އަދި ސިޔާސީ މަޤާމުތައްވެސް ބައެއް ފަރާތްތަކަށް ދެމުން ގެންދާކަން ފާހަގަކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
އާދިލް
މީނާއަކީ މީނާގެ ދައްތަގެ ދަޜީންނާއި ބެހުނު މައްސަލަ އޮތްމީހެއް