Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސަލާމުގެ ޗުއްޓީގެ އެއް ދުވަސްވެސް އެމްސީ ހުށަހެޅުމުން ނޫނީ ނުލިބޭ ގޮތަށް ހަދަނީ

މުވައްޒަފުންނަށް ސަލާމުގެ ޗުއްޓީ ލިބޭނީ އެމްސީއެއް ހުށަހަޅައިގެން ކަމުގައި ޤާނޫނުން ކަނޑައެޅުމަށް ރައްޔިތުން މަޖިލިހަށް ހުށަހަޅައިފިއެވެ.
ރައްޔިތުން މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހެޅުއްވި ވަޒީފާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުގައި ސަލާމުގެ ޗުއްޓީގެ ގޮތުގައި ކޮންމެ އަހަރަކުވެސް މުވައްޒަކަށް ލިބޭނީ 30 ދުވަހެވެ. އެ 30 ދުވަހު ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ޗުއްޓީ ނެގޭނެއެވެ.
ނަމަވެސް ޤާނޫނުގައި އިތުރަށް ބުނެފައިވަނީ ވަޒީފާއަށް ސަލާމް ބުނުމަށްފަހު، ވަޒީފާއަށް ނުކުންނަ ދުވަހު، މުވައްޒަފަށް ކުރިމަތިވި ބައްޔަކީ ކޮބައިކަމާއި، އެބަލީގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް ޢުޒުރުވެރިވާ މުއްދަތަކީ ކޮބައިކަން ބަޔާންކޮށް ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ ޚިދުމަތްތެރިއަކުދޭ މެޑިކަލް ސެޓިފިކެޓެއް ހުށަނާޅައިފިނަމަ، އެމުވައްޒަފަށް ސަލާމުގެ ޗުއްޓީ ދިނުން ލާޒިމުވެގެން ނުވެއެވެ.
ކުރިން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ވަޒީފާގައި ހުންނަ މުއްދަތުގެ ތެރޭގައި މެދުވެރިވާ ކޮންމެ ސަބަބަކަށްޓަކައިވެސް ސަލާމުގެ ޗުއްޓީއެއް ނެގިދާނެއެވެ. އަދި ސަލާމުގެ ޗުއްޓީއަށް ފަހު، އެމްސީ ހުށަހެޅުމަކީ ލާޒިމުކޮށްފައިވާ ކަމެއްވެސް ނޫނެވެ.
މި ލިއުމާއި ގުޅޭ