Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބަދަލުގެ ގޮތުގައި 78 މިލިއަން ރުފިޔާ ދިން ބިގުގައި ރައީސްގެ ރަސްމީ ފޮޓޯގްރާފަރުގެ ހިއްސާ!

ބަދަލުގެ ގޮތުގައި 78 މިލިއަން ރުފިޔާ ސަރުކާރުން ދިން ބިޒްނަސް އިމޭޖް ގުރޫޕުގެ (ބިގް) ގެ ހިއްސާދާރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ ފޮޓޯގުރާފަރު މުންޝިދު މުހައްމަދު ހިމެނޭކަން ހާމަވެއްޖެއެވެ.
ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަވެސް ބޮޑު ބަދަލެއް ދެއްވި ކުންފުނިތަކުގެ ތެރޭގައި ބިގް ހިމެނެއެވެ. ބިގް ގެ އަނެއް ހިއްސާދާރަކީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލެވެ. ހަސަން އިސްމާއިލަކީ މިހާރުގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ބޭބޭފުޅޭވެ. އަދި އިސްލާމްދީނާއި ފުށުއަރާގޮތަށް ރިޕޯޓެއް ތައްޔާރުކުރި އެމްޑީއެންގެ ޑިރެކްޓަރު ޝަހިންދާ އިސްމާއިލްގެވެސް ބޭބޭފުޅޭވެ. މީގެ އިތުރުން އެމްޑީއެންގެ ރިޕޯޓު ލިޔުމުގައި ހަރަކާތްތެރިވި މުޝްފިގު މުހައްމަދަކީ ބިގުގެ ހިއްސާދާރު މުންޝިދުގެ ކޮއްކޮކަން ފާހަގަކޮށްލެވެއެވެ.
ބަދަލުގެ ގޮތުގައި ބިގަށް ފައިސާ ދިނީ، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ އާއި ބިގާއި ދެމެދު ވެފައި އޮތް އެއްބަސްވުމަކާއި ދައުލަތުގެ މީޑިއާ (އެމްއެންބީސީ) ހިލާފުވެފައިވާ ކަމަށްބުނެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ބިގަށް އެމްއެންބީސީ އިން ދައްކަން ޖެހޭ ފައިސާ ނުދައްކާ ގިނަ ދުވަސްވުމުން ޖޫރިމަނާގެ ގޮތުގައި 78 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.
މި ފައިސާ ދިނުމާއި ގުޅިގެން މީގެ ކުރިން އޭސީސީން ވަނީ އެ މައްސަލަ ބަލަންފަށާފައެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ދިޔަ ހިސާބެއް އޭސީސީން ހާމަކޮށްފައިނުވެއެވެ.
ރައީސް ސޯލިހްގެ ސަރުކާރުން ބަދަލުގެ ގޮތުގައި ގިނަ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވެއެވެ. މި ހުރިހާ ކުންފުނިތަކެއްގައިވެސް އެމްޑީޕީގެ އިސް މީހެއްގެ މަސްލަހަތު ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ