Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޓީއެމްއޭއަށް ލަފާދޭން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ޝައުނާގެ ކުންފުނި!

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް މީޑިއާ ކަންކަމުގައި ލަފާދޭން އަދި އެ ކުންފުނީގެ މޫނުމަތި ރީތިކުރަން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާގެ ކުންފުނި އެޓޯލް މޯލްޑިވްސް ކޮމިއުނިކޭޝަން ކުންފުންޏާއި ހަވާލުކޮށްފި ކަމަށް "ދިޔަރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީއެމްއޭ އިން ޝައުނާގެ ކުންފުނި އެޓޯލް މޯލްޑިވްސް ކޮމިއުނިކޭޝަން އާއި މަސައްކަތް ހަވާލުކުރިތާ ދުވަސްކޮޅެއްވެއްޖެއެވެ. އަދި މި ކުންފުނީގެ މަސައްކަތަކީ ރާޢްޖޭގެ މީޑިއާތައް މެދުވެރިކޮށް ސީޕްލޭން ޓާމިނަލް ޓީޢެމްއޭއަށް ކުޑަ އަގެއްގައި ދިނުމަކީ ރަނގަޅު ކަމެއްކަން ދެއްކުމަށް މަސައްކަތް ކުރުން ކަމަށް މައުލޫމާތު ލިބެއެވެ.
އެޓޯލްސް މޯލްޑިވްސްގެ ވެބްސައިޓުގައި މިހާރު މި ކުންފުންޏާއި ޝައުނާއި އާއި އެއްވެސް ގުޅުމެއް އޮންނަކަމަކަށް ބުނެފައިނެތެވެ. ނަމަވެސް މި ކުންފުނީގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި ސައިޓުގައި ލިސްޓުކޮށްފައިވަނީ ޕޯލް ރޮބާޓްސް ކިޔާ އިނގިރޭސި ވިލާތުގެ ރައްޔިތެކެވެ. ޕޯލް ރޮބާޓްސް އަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގައި ޝައުނާއާއި އެކު މަސައްކަތް ކުރި މީހެކެވެ. އަދި ވެރިކަމަށް ވަޑައިގަތުމުގެ ކުރީގައިވެސް ރައީސް ނަޝީދުގެ މީޑިއާ ކަންކަމާއި ގުޅޭ އެޑްވައިޒަރަކަށް 10 ވަރަކަށް އަހަރު އުޅުނު މީހެކެވެ. ޕޯލް ރޮބާޓްސް އާއި ޝައުނާ އާއި ދެމީހުންގެ ހިއްސާވާ ކުންފުންޏެއް އޮންނަ ކަމަށް ރައީސް އޮފީސް ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ޝައުނާގެ އެސެޓު ޑިކްލެރޭޝަން ފޯމުގައިވެސްވެއެވެ. ޕޯލް ގެ އިތުރުން ދެން މި ކުންފުނީގައި ޕާޓްނަރެއްގެ ގޮތުގައި ހުރީ ތޯރިޤް ހާމިދެވެ. ތޯރިޤަކީ ޕޮލިސީ ސެކްރެޓަރީ ޝައުނާގެ ފިރިކަލުންނެވެ.
މި ކުންފުނިން ކޮށްދޭ މަސައްކަތްތަކުގެ ތެރޭގައި ސިޔާސީ ކަންކަމާއި ގުޅޭ މަޝްވަރާ ދިނުމާއި، މީޑިއާ ކެމްޕެއިންތައް ހިންގުމާއި، ރިސޯޓު ތަކާއި ގެސްޓް ހައުސްތަކުގެ މޫނުމަތި ރީތިކުރަން މަސައްކަތް ކޮށްދިނުމާއި އަދި އެނޫންވެސް ތަފާތު ކެމްޕެއިން ހަރަކާތްތައް ހިންގައިދިނުން ހިމެނެއެވެ.
ޓީއެމްއޭއަށް މީޑިއާ ކެމްޕެއިން ކުރުމުގައި މި ކުންފުނި ހަރަކާތްތެރިވަމުންދާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީކުރި ސީޕްލޭން ޓާމިނަލް ނުއަގުގައި ޓީއެމްއޭ އަށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނުންވަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަން ފަށާފައިކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ