ޓީއެމްއޭ މައްސަލަ ބަލާތީ އޭސީސީ މެމްބަރުން މަޤާމުން ވަކިކޮށްފާނެ ކަމުގެ އިންޒާރު!

އެޑިޓަރު 14 ފެބްރުއަރީ 2020 15:15
Flowers
އޭސީސީގެ މެމްބަރުންނާއި ރައީސް ބައްދަލުކުރައްވަނީ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީ ކޮށްފައިހުރި ސީޕްލޭން ޓާމިނަލް ނުއަގުގައި ކުއްުޔަށް ދޭން އުޅޭތީ އެ މައްސަލަ އެންޓި ކޮރަޕަޝަން ކޮމިޝަނުން (އޭސީސީ) އިން ބަލަމުން ދާތީ އެ ކޮމިޝަނުގެ ބައެއް މެމްބަރުންނަށް ސަރުކާރާއި އެމްޑީޕީގެ ފަރާތުން އިންޒާރު ލިބެމުންދާކަމަށް "ދިޔަރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަނުކުރެއްވުމަށް ޝަރުތުކޮށް މައުލޫމާތު ދެއްވި އޭސީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓީއެމްއޭއަށް ޓާމިނަލް ދިނުމާއި ގުޅޭގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ޓީއެމްއޭއާއި ދެމެދު ހިނގަމުން އައި މުއާމަލާތްތަށް ބަލަން ފެށުމާއި އެކި މެމްބަރުންނަށް އެކި ދިމަދިމާލުން ފިއްތުންތައް ކުރިމަތިވި ކަމަށެވެ. މިގޮތުން އެ މައްސަލަ ނުބެލުމަށާއި ބަލާނަމަ މަޤާމުން ވަކިކޮށްފާނެ ކަމުގެ އިންޒާރުވެސް ލިބުނު ކަމަށެވެ.

އިންޒާރު ދިނީ ވަކި މީހެކޭ ދަންނަވާކަށް ނެތިން. އެކަމަކު އަޅުގަނޑުމެންނަށް އިންޒާރު ލިބުނީ އެންމެ މަތިން

މިފަދައިން އޭސީސީގެ މެމްބަރުންނަށް އިންޒާރު ލިބެމުންދާއިރު، މީގެ ކުރިން ރައީސް ސޯލިހްވެސް ވަނީ ސަރުކާރުގެ މަޝްރޫއުތައް ހުއްޓަން ނޭންގުމަށް އޭސީސީއަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އިން ތިލަދުންމަތީގައި ކުރާ ކެމްޕެއިނާއި ގުޅިވަޑައިގެން ވައިކަރަދޫގައި މިދިޔަ ޖެނުއަރީ މަހު ދެއްކެވި ވާހަކަފުޅެއްގައެވެ. ރައީސް ވަނީ، މަޝްރޫއުތައް ކުރިއަށް ގެންދާއިރު، ހުށަހެޅޭ ޝަކުވާތައް ބަލަމުން ދާއިރު، އޭސީސީޢިން މަޝްރޫއު މަޑުޖައްސާލަން އަންގާ ކަމަށާއި އެކަން ބަދަލުވާން ޖެހޭކަމަށް ވިދާޅުވެފައެވެ.

"އެ ގޮތަށް ހުށަހަޅާ ޝަކުވާއަކާ ގުޅިގެން މަޝްރޫއު، އެއް މަސް ދެ މަސް މަޑުޖައްސައިލަން އަންގަމުން އެބަދޭ. އެ އަށް ފަހުގައި އޭގެ މައްސަލައެއް ނެތް ކަމަށް އަންގައި ކުރިއަށް ގެންދަން އެބަ ވިދާޅުވޭ. އަޅުގަނޑު ހިތުން މިއަށް ކުޑަ ބަދަލެއް ގެންނަން އެބަޖެހޭ،" ރައީސް އޭރު ވިދާޅުވި ވިދާޅުވި އެވެ.

އޭސީސީ އިންވަނީ ޓީއެމްއޭއަށް ޓާމިނަލް ދީފިނަމަ ދައުލަތަށް ވާނެ ގެއްލުމުގެ އަންދާޒާކޮށް އީއްޔެ މީޑިއާތަކަށް މައުލޫމާތުވެސް އާންމުކޮށްފައެވެ. މިގޮތުން އެންމެ ކުޑަކޮށް ބެލި ކަމުގައި ވީނަމަވެސް 15 އަހަރުތެރޭ 445 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ގެެއްލުން ވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ، އަދި ގެއްލުންވާނެ ބޮޑު މިންވަރުން ބަލާނަމަ 800 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދަކުން ގެއްލުންވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

އޭސީސީގެ ބަޔާނުގައި މީގެ އިތުރުން ވަނީ އެމްއޭސީއެލްގެ ބޯޑުގައި ތިބި ބައެއް މެމްބަރުންނާއި ޓީއެމްއޭގެ ބޯޑުގައި ތިބި ބައެއް މެމްބަރުންގެ ވިޔަފާރީގެ މަސްލަހަތު އޮތްކަންވެސް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އޭސީސީއިން ވަނީ މިމައްސަލައާއި ގުޅިގެން ވަކިން ޖިނާއީ ތަހުގީގެއްވެސް ހިންގަން ނިންމާފައެވެ.

ގިނަ ބަޔަކު މި މުއާމަލާތާއި މެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިކަމާއި ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ހާމަނުކުރައްވައެވެ. ނަމަވެސް ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ ޓީއެމްއޭއަށް ޓާމިނަލް ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު، ޓީއެމްއޭގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ރައީސް ނަޝީދުގެ ވަކީލުކަންވެސް ކުރިން ކުރެއްވި ޖެރާޑް ޖެންސާކަން ފާހަގަކޮށްލެވެއެވެ. މި މައްސަލައާއި ގުޅިގެން ރައީސް ނަޝީދުގެ މައްސަލައެއްވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަނީ ހުށަހެޅިފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ގުންޑާ
ނިމިދިޔަ ގުންޑާ ސަރުކާރުން ހިންގާފައިވާ ކަރަޕްޝަން މައްސަލައެއް މިއީ..
ގާންދީ
ކޮބާ ހީވޭ؟ ޤައުމު ހަވާލުވަނީ އަބަދުވެސް ވަގުންނާ
علي وحيد
އިންޒާރު ދިނުން ކީއްކުރަންތޯ ވަޒީފާއިން ވަކިކުރާނެ
ދާނު
ޓީއެމްއޭ ހުޅުޖަހާން ވީ ނޫނީ ބޯޓު ތަކައްްްްްްް ވަރުގަދަ ހަމަލާ އެއް ދޭންވީ އޭރައް މައިތިރިވާނެ 😂
އިބުރާ
ގައުމަށް ގެއްލުން ދިނުމަށް އެއްވެސް ފަރުދަކަށް ޖާގަ ނުދިނުމަށް އޭސީސީއަށް އަޅުގަނޑުމެން ގޮވާލަން.
ހާރޫނު
ޑިމޮކްރަސީ ތިޔަ ފައްކާވަނީ..
ކިނބޫ
ސީލެވޭ؟ ދޮގެކޭ ކިޔާނެ ކަމެއް ނެތް. ބާޣީ ލުތުފީ އެންބަސީގަ ބަހައްޓާފަ ހުރި ވާހަކަވެސް ފުރަތަމަ ބުނީ ދޮގެކޭ. ކޮރޯނާ ވައިރަސްގަ މީހުން ކަރަންޓީނު ކުރި ވާހަކަވެސް ކުރީ ދޮގު. އެންމެފަހުން ޖެހުނީ އެއްބަސްވާން. ދޮގެއް ހެދެން ނެތަސް ދޮގު ހަދާފަ ނޫނީ އެއްބަހެއް ނުވާނެ.