Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

"ދައުލަތަށް ގެއްލުންވާގޮތަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްބަސްވުމެއްގައި ސޮއިކޮށްގެން ނުވާނެ"

ދައުލަތަށް ގެއްލުންވާގޮތަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްބަސްވުންތަކުގަ ސޮއިކޮށްގެން ނުވާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުވިދާޅުވެއްޖެއެވެ.
ޝަރީފު މިހެންވިދާޅުވީ މިއަދު ކުރެއްވު ޓުވީޓެއްގައެވެ. އެއްބަސްވުމެއް ބާތިލު ކުރަންޖެހުނަސް ދެވޭނެ ބަދަލު ގެ މިންވަރު އެއްބަސްވުމުގައި ބަޔާންކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ދައުލަތުން ބަދަލުދޭން ޖެހޭ ހާލަތްތަކުގައިވެސް އެންމެ ގިނައިން ދެވޭނެ މިންވަރު ޤާނޫނުން ބަޔާންކޮށް ހައްދެއް ކަނޑައަޅަން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން އެކި ފަރާތްތަކަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދީފައިވާކަން ފާހަގަކުރެވެއެވެ. އަދި ގިނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވަނީ އެފަރާތްތަކުން އެއްވެސް ކަހަލަ މަސައްކަތެއްވެސް ކޮށްފައި ނުވަނީހެވެ.
އަދި ބަދަލުގެ ގޮތުގައި ފައިސާ ދިން ގިނަ ކުންފުނިތަކަކަކީ ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ އެކިފަރާތްތަކުގެ މަސްލަހަތު އޮންނަ ކުންފުނިތަކެވެ.
މި ލިއުމާއި ގުޅޭ