Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އުދައެރުމުގެ ސަބަބުން ބައެއް ރަށްތަކަށް ގެއްލުން ލިބިއްޖެ

މޫސުން ގޯސްވެ ބައެއް ރަށްތަކަށް އުދައެރުމުގެ ސަބަބުން ގެއްލުންތަކެއް އެރަށްތަކަށް ލިބިފައިވީނަމަވެސް އެފަދަ މައްސަލަތައް އަދި މިހާތަނަށް ޑިޒާސްޓަރ މެނޭޖްމެންޓަށް ހުށަހަޅާފައިނުވާ ކަމުގައި އެއިދާރާއާ ހަވާލާދީ "ސަން" ނޫހުން ބުނެފިއެވެ.
ރާއްޖޭގެ އެކި ރަށްރަށަށް އުދައެރުމުގެ ސަބަބުން އެކި މިންވަރުގެ ގެއްލުންތައް ލިބެމުންދާ ވާހަކަ މީސް މީޑިޔާގައި ފެތުރެމުންދެއެވެ. މިމައްސަލަތަކާ ގުޅިގެން ޑިޒާސްޓަރ މެނޭޖްމެންޓުގެ އިސްވެރިޔެއް "ސަން" ނޫހަށް މަޢުލޫމާތު ދެއްވާފައިވަނީ އެފަދަ މައްސަލައެއް މިހާތަނަށް އެއިދާރާއަށް ހުށަހެޅިފައިނުވާ ކަމުގައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ މިހާރު އެއިދާރާއިން ކައުންސިލްތަކަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމުގައެވެ.
އެއިދާރާއިން ބުނެފައިވަނީ ފަހަރުގައި އެއިދާރާއަށް އެފަދަ މައްސަލައެއް ހުށަހަޅާފައިވަނީ އުދައެރުމުގެ ސަބަބުން ގޭބީސީއަކަށް ގެއްލުން ލިބިފައިނުވާތީ ކަމުގައިވުން އެކަށީގެންވާ ކަމުގައެވެ.
އަދި އުދައިގެ އަސަރުތައް ރަށްރަށަށް ކޮށްފައިވާކަން މީސްމީޑިޔާގައި ދައުރުކުރާ ވީޑިޔޯތަކުން ފެންނަ ކަމުގައިވެސް "ސަން"އަށް މަޢުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވެފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރޭގައި ނ.އަތޮޅު ހޮޅުނދޫއަށް އުދައަރައި އެރަށުގެ ބައެއް ގެތަކާ ހަމައަށް ލޮނުގަނޑު ފޯރާފައިވެއެވެ. އަދި ލޮނުގަނޑު ގެތަކާ ހަމައަށް ފޯރުމާ ގުޅިގެން ގެތަކުގެ އެތެރެއަށް ލޮނުގަނޑު ވަނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެރަށުގައި ތިއްބެވި ފުލުހުން ހަރަކާތްތެރިވެވަޑައިގެންނެވި ކަމުގައިވެސް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
މި ލިއުމާއި ގުޅޭ