Saturday 30th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ވަޒީފާއާ ބެހޭ ޤާނޫނަށް ބޮޑެތި އިޞްލާޙުތައް، މިނިމަމް ވޭޖު ކަނޑައެޅުމުގެ ބާރު އެކޮނޮމިކް މިނިސްޓަރަށް

ވަޒީފާއާ ބެހޭ ޤާނޫނަށް ވަރަށް ބައިވަރު އިޞްލާޙުތައް ގެނެސް، އެއިޞްލާޙުތަކުގެ ތެރެއިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު އެކޮނޮމިކް މިނިސްޓަރަށް ދިނުމަށް ހުށަހެޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޢީސާ މަޖިލިހަށް ހުށަހެޅުއްވި ވަޒީފާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައި، މިނިމަމްވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ މިނިސްޓަރު ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އަދި އޭގެ އިތުރުން އެންމެ ކުޑަ އުޖޫރައާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާ އަރުވާ އެޑްވައިޒަރީ ބޯޑެއް ޤާއިމުކުރުމަށްވެސް މިއިޞްލާހުގައި ހުށަހަޅާފައިވެއެވެ. އެއެޑްވައިޒަރީ ބޯޑުގެ މަސައްކަތުގެ ތެރޭގައި ބަޔާންކޮށްފައިވަނީ ވަޒީފާ އަދާކުރާ ތަންތަނުގައި މީހުން މަސައްކަތްކުރާ ގޮތް ބެލުމާއި އެންމެ ކުޑައުޖޫރަ ކަނޑައެޅުމާ ގުޅޭ ސިޔާސަތުތަކާއި ހަމަތައް ދިރާސާކޮށް ދެނެގަތުމުގެ އިތުރުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ޞިނާޢަތްތަކަށް ޚާއްޞަކޮށް ރިޢާޔަތްކޮށްގެން ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ލަފާ މިނިސްޓަރަށް އެރުވުމެވެ.
އަދި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅޭ މިންވަރު ކޮންމެ ދެއަހަރަކުން މުރާޖަޢާކޮށް އެމިންވަރަށް ބަދަލެއް ގެންނަން ފެންނަ ޙާލަތުގައި އެކަމުގެ ލަފާ މިނިސްޓަރަށް ދިނުމަކީވެސް މިބޯޑުގެ ޒިންމާއެކެވެ.
މިބޯޑުގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާއާއި، ޢިމާރާތްކުރުމުގެ ޞިނާޢަތާއި އަންހެނުންގެ ވިޔަފާރިއާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތައް ތަމްސީލުކުރާ މަދަނީ ޖަމްޢިއްޔާތަކުން ކަނޑައަޅާ 4 ފަރާތަކާއި، ވަޒީފާ އަދާކުރާ ފަރާތްތައް ތަމްސީލުކުރާ 5 ފަރާތާއި، މިނިސްޓްރީ އޮފް ފައިނޭންސުން ކަނޑައަޅާ ފަރާތެއްގެ އިތުރުން ބޯޑުގެ ޗެއާއެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކަނޑައަޅާ ފަރާތެކެވެ.
މި ލިއުމާއި ގުޅޭ