Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޚަރަދު ކުޑަކުރަން އެންގިތާ ހަފްތާއެއް، ތައްޔިބަށް ސިޔާސީ މަގާމެއް

ޗައިނާ އިން ފެތުރެން ފެށި ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމަށް މައްސަލަތައް ކުރިމަތި ވާނެތީ، މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންގެވިތާ ހަފްތާއެއް ފަހުން އަނެއްކާ ވެސް ސިޔާސީ މަގާމެއް އުފައްދަވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކުރެއްވީއެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމެވެ. ތޮއްޔިބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ފަރާތްތަކާއި ބެހޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ޓްވިޓަރގައި ލިޔެގެން މަޝްހޫރުކަން ހޯދި މީހެކެވެ.
ތޮއްޔިބަށް ސިޔާސީ މަގާމެއް ރައީސް ސޯލިހް ހަމަޖެއްސެވި އިރު މިފަހަކަށް އައިސް އޭނާ ވަނީ މި ސަރުކާރުގެ ވެސް ބައެއް ކަންކަމާ މެދު ހިތްހަމަޖެހިވަޑައިނުގެން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާފައެެވެ. އަދި އޭނާ އަކީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރުގެ ޑީއާރްޕީ ސޯޝަލް މީޑިޔާ ހެޑެވެ.
ތޮއްޔިބަށް ސިޔާސީ މަގާމު ހަމަޖެހިފައި މިވަނީ ދާދި ފަހުން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު އާއި ރައީސް ސޯލިހް ބައްދަލުކުރައްވާފައި ވަނިކޮށެވެ. އެ ބައްދަލުވުމަށް ފަހު ޖާބިރު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާޢީދުކޮށް ވާހަކަ ދައްކަވާފައެވެ.
މި ލިއުމާއި ގުޅޭ