Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފެބްރުއަރީ މަސް ފެށުނު އިރުވެސް ރައީސް ވިދާޅުވި ބްރިޖުގެ މަސައްކަތެއް ނުފެށުނު!

މި އަހަރުގެ ފެބްރުއަރީ މަސްތެރޭ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި މާލެ އާއި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް އަދިވެސް ނުފެށެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭ ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ ބްރިޖުގެ މަސައްކަތް ފެށުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނޮވެމްބަރު 2019 ގައި ފެށޭނެކަމަށެވެ. އަދި 2020 ވަނަ އަހަރުގެ ފެބްރުއަރީ މަސްތެރޭ ބްރިޖުގެ ސްޓްރަކްޗާގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމަކު މިއަދާއި ހަމައަށް އަދި އެކަމަށް ބޭނުންވާ އެއްވެސް ބިމެއް ހިއްކާފައިނުވެއެވެ. އަދި ފެބްރުއަރީ މަސް ފެށުނު އިރު ބްރިޖުގެ ސްޓްރަކްޗާގެ މަސައްކަތްވެސް ފެށިފައި ނުވެއެވެ.ބްރިޖު އަޅަން އެއްވެސް ބަޔަކާއި ހަވާލުނުކޮށް ބްރިޖުގެ ސްޓްރަކްޗަރ ފެށޭނެ ތާރީހު ރައީސް އިއުލާން ކުރެއްވުމުން މީގެ ކުރިންވެސް ގިނަބަޔަކު އެކަމާއި ސުވާލު އުފެއްދިއެވެ. ސަބަބަކީ އެފަދަ ބޮޑު މަސައްކަތެއް ކުރާއިރު ފުރަތަމަ ކުރަންޖެހޭ ގިނަ ދިރާސާތަކެއްވެސް ހުންނާނެތީ، އެފަދަ އެއްވެސް ކަމެއް ނުކޮށް އެ މަސައްކަތް ފެށޭނެ ތާރީހު އެނގުމަކީ ކުރެވޭނެ ކަމަކަށް ނުވާތީއެވެ.
"މާލޭގެ ޕޯޓް، ކޮމާޝަލް ޕޯޓް، ގުޅީފަޅަށް ބަދަލުކުރުން އެއީ، މި ސަރަޙައްދުގައި ހިންގޭނެ އެންމެބޮޑު އެއް މަޝްރޫޢު. ހަމައެއާއެކީގައި، މާލެއާއި ތިލަފުށްޓާ ދޭތެރޭގައި ކޯޒްވޭއަކުން ގުޅައިލުމުގެ މަސައްކަތް އެއީ ކުރެވޭނެ އެންމެބޮޑު އެއް މަސައްކަތް. މިހާރުވަނީ އެކަމުގެވެސް ޕްރޮޖެކްޓް ކޮންސަލްޓަންސީއަށް ހުޅުވައިލެވި، ޝޯޓްލިސްޓް ކުރެވިފައި. ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި ނޮވެންބަރު މަހުގެ ތެރޭގައި ފަށައި، މި އަންނަ އަހަރުގެ ފެބުރުވަރީ މަހުގައި އެތަނުގެ ސްޓްރަކްޗަރގެ މަސައްކަތް ފެށިގެންދާނެ" މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވިއެވެ.
ބްރިޖުގެ މަސައްކަތް ފެށުން ލަސްވަނީ ކީއްވެތޯ "ދިޔަރެސް" ގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުއާއި ސުވާލު ކުރެއްވުމުން އެ ބޭފުޅާ އެއްވެސް ޖަވާބެއް ދެއްވާފައި ނުވެއެވެ.
ރައީސް ސޯލިހް މިގޮތަށް ބްރިޖުގެ ވާހަކަ އިއުލާން ކުރެއްވި ނަމަވެސް 2018 ވަނަ އަހަރުގެ އިންތިހާބުގެ ތެރޭ ބްރިޖު އެޅުމާއި ދެކޮޅަށް ވަރަށް ގިނަ ވާހަކަ އެމަނިކުފާނު ނިސްބަތްވާ ޕާޓީއިން ދެއްކިކަން ފާހަގަކުރެވެއެވެ. މިގޮތުން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީވެސް ބޭކާރު ކަމެއް ކަމަށް ވިދާޅުވި ގިނަ ބޭފުޅުންގެ ތެރޭގައި މިހާރުގެ ކެބިނެޓު މިނިސްޓަރުން ވެސް ހިމެނެއެވެ. އަދި އުމްރާނީ ތަރައްޤީއަށް ވުރެ މުހިންމީ އިންސާނީ ތަރައްޤީ ކަމުގައިވެސް އޭރު އެފަރާތްތަކުން ފާހަގަކުރިއެވެ. ނަމަވެސް ވެރިކަމާއި ހަވާލުވުމަށް ފަހު ސަރުކާރުގެ ރާގުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިގޮތުން ގުޅީފަޅު، މާލެ، ވިލިނގިލި، އަދި ތިލަފުށި ބްރިޖު ތަކަކުން ގުޅާލަން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާންކުރިއެވެ. މި މަޝްރޫއަކީ ކުރީގެ ރައީސް ޔާމީން، އެމަނިކުފާނުގެ 2018 ވަނަ އަހަރުގެ ކެމްޕެއިނުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނިކަމެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ކުރީ ސަރުކާރު ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވަނީ އެ މަޝްރޫއަކީ ފީސިބިލިޓީ ސްޓަޑީ ހެދި، އެކަމަށް ބޭނުންވާ ފައިނޭސް ހޯދުމުގެވެސް ގިނަ މަސައްކަތްތަކެއް ނިމިފައިވާ މަޝްރޫއެއް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ