Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ޔާމީނުގެ ޝަރީޢަތާ ގުޅޭ ގޮތުން ރާއްޖެއެމްވީން ހެދީ ދޮގު: ހައިކޯޓު

ރާއްޖެއެމްވީގައި ރައީސް ޔާމީނުގެ ޝަރީޢަތާ ގުޅިގެން، "ރައީސް ޔާމީނުގެ ޝަރީޢަތް: ރައީސް ނަޝީދު މައްސަލާގައި، ފަނޑިޔާރު ޝަހީދުގެ ގިނަ ސުވާލުތަކެއް" މި ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމަކީ ދޮގު ޚަބަރެއް ކަމުގައި ހައިކޯޓުން ބުނެފިއެވެ.
އެކޯޓުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިޚަބަރަކީ ހައިކޯޓާއި އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދާމެދު ނުބައި ތަސައްވުރެއް ކުރެހޭ ގޮތަށް ލިޔެފައިވާ ލިޔުމެއް ކަމުގައެވެ. އަދި އެއީ ޝަރީޢަތުގެ މަޖިލިހުގައި ކަން ހިނގައިދިޔަ ގޮތާ ޚިލާފަށް ލިޔެފައިވާ ލިޔުމެއް ކަމުގައެވެ.
އަދި ކޯޓުގައި ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރައީސް ޔާމީނުގެ އަޑުއެހުމަކީ ހުޅުވައިލެވިގެން ކުރިއަށް ގެންދެވުނު އަޑުއެހުމެއް ކަމުގައާއި ނޫސްވެރިންނާއި ޢާންމުންވެސް އެއަޑުއެހުމަށް ވަދެފައިވާ ކަމުގައި އެބަޔާނުގައި ބުނެފައިވެއެވެ. އަދި ޝަރީޢަތުގެ މަޖިލިހުގައިވެސް އެއްވެސް މިންވަރަކަށް ނަޝީދާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ފަނޑިޔާރެއް އަދި ދައުލަތުގެ ޚަޞްމެއްވެސް ދައްކަވާފައިނުވެއެވެ.
އަދި މިޚަބަރަކީ ފަނޑިޔާރު ޝަހީދުގެ އަބުރަށް އަރައިގަނެ އަގުވެއްޓޭ ގޮތަށް ލިޔެފައިވާ ލިޔުމެއް ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ. އަދި ނޫސްވެރިން ޤާނޫނު އަސާސީއިން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އަބުރު ހިމާޔަތްކުރުމުގެ ޙައްޤަށް އިހުތިރާމުކުރުމާއެކު ކަމުގައި އެބަޔާނުގައި ބުނެފައިވެއެވެ.
އަދި ނޫސްވެރިން ކޮށްގެން ނުވާފަދަ ކަމެއް މިލިޔުމުގައި ކޮށްފައިވާތީ މިމައްސަލަ ބައްލަވައި ފިޔަވަޅު އަޅައިދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ ކިބައިން މިބަޔާނުގައި ހައިކޯޓުން އެދިފައިވެއެވެ.
މި ލިއުމާއި ގުޅޭ