އެމްޑީޕީގެ ކައުންސިލަރަކު ޕީީޕީއެމްއަށް ސޮއިކޮށްފި

ހުސެން ޒަހީން 28 ޖެނުއަރީ 2020 11:42
Flowers

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ކައުންސިލަރަކު އިިދިކޮޅު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

ހއ.އިހަވަންދޫ ރަށު ކައުންސިލް މެންބަރު އަހްމަދު ރިޟްވާން ޕީޕީއެމް އަށް ސޮއިކުރެއްވިކަން އިއުލާންކުރެއްވީ ރޭ ޕީޕީއެމް އިން އެރަށުގައި ބޭއްވި ޖަލްސާއެއްގައެވެ.

ރޭގެ ޖަލްސާގައި ރިޟްވާން ވަނީ ޕީޕީއެމް އަށް ސޮއިކުރުމަށް ފަހު އެ ފޯމް ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ހަވާލުކުރައްވާފަައެވެ. 

2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އިހަވަންދޫ އިން އެންމެ ގިނަ ވޯޓު ހޯއްދެވީ ރިޟްވާނެވެ. އޭނާ މިއަހަރުގެ ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާނީ ޕީޕީއެމްގެ ޓިކެޓުގައެވެ.

ޕީޕީއެމް އަށް ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރިޟްވާން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމްޑީޕީ  އަށް ނިސްބަތްވާ ކައުންސިލަރަކު އިިދިކޮޅު ޕީޕީއެމްއަށް ސޮއިކުރެއްވި އިރު އެމްޑީޕީގެ ހަރަކާތްތަކަށް ޕާޓީގެ އާއްމު މެންބަރުން ނިކުންނަ އަދަދު ދަނީ މަދުވަމުންނެވެ. އެގޮތުން ދާދިފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ވަޑައިގަތުމުން އެބޭފުޅާއަށް މަރުހަބާ ކިޔަން ނިކުމެފައި ވަނީ ތިރީހަކަށް މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު