Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެމްޑީޕީ މީހުން އާންމުކޮށް ހެނދުނު ނުފެންނާނެ: މާރިޔާ

2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުނީ ހެނދުނުގެ ވަތުރުގައި މުޒާހަރާ ކުރުމުންކަމަށް ޑިފެންސް މިނިސްތަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދަޅުވީ، އެމްޑީޕީގެ "އެޖެންޑާ 19 ރަށަށް" ވޯކްޝޮޕް މާލޭގައި އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މާރިޔާ ވިދާޅުވި ގޮތުގައި އެމްޑީޕީ މެމްބަރުންނަކީ އާންމު ގޮތެއްގައި ހެނދުނު ފެންނަ ބައެއް ނޫން ކަމަށާއި 7 ފެބްރުއަރީގައި އެމްޑީޕީގެ ސަރުކާރު ވެއްޓިގެން ދިޔައީ ހެނދުނު ދަޅައިގައި ޖެހި "އެޓެމްޕްޓަކުން" ކަމަށެވެ.
އަދި ހެނދުނު ދަޅައިގައި އެކަން ނުކުރި ނަމަ އެމްޑީޕީގެ ވެރިކަން ނުވެއްޓޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ އަދަދާއި އެމްޑީޕީ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ކުރިމަތިލާން ތިބި މީހުންގެ އަދަދުވެސް އެހެން ޕާޓީތަކުގެ ކެމްޕެއިންނަށް ނިކުންނަން ތިބި މީހުންގެ އަދަދަށްވުރެ ގިނަކަމަށް ވިދާޅުވެފައެވެ.އަޅުގަނޑުމެންނަށްވެސް އެނގޭކަމެއް އެމްޑީޕީމީހާ އާންމު ގޮތެއްގައި ހެނދުނު ފެންނަ ބައެއް ނޫން. އަޅުގަނޑުމެން އަބަދުވެސް ދައްކާ ވާހަކައެއް 7 ފެބްރުއަރީގައިވެސް އެމްޑީޕީގެ ސަރުކާރު ވެއްޓިގެން ދިޔައީ، ހެނދުނު ދަޅައިގައި ޖެހި އެޓެމްޓަކުންނޭ، އެހެން ނޫންނަމަ ހަމަ ސީދާ ހުރިހާ ރައްޔިތުން އެމްޑީޕީގެ މި ފޯރީގައި ހިފައިގެން އެމްޑީޕީގެ ސަރުކާރު ވެއްޓިޔަ ނުދޭނެކަން.
އެމްޑީޕީ މީހުން ހެނދުނު ނުފެންނަނީ ކީއްވެކަމެއް މާރިޔާދީދީ ވިދާޅެއްނުވެއެވެ. ނަމަވެސް 7 ފެބްރުއަރީގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން ދިޔައިރު، އެދުވަހު ހެނދުނު މާރިޔާ ދީދީ އާއި އެމްޑީޕީގެ ބައެއް އިސްވެރިން ވަނީ ގޭންގުތައް ގޮވައިގެން ނިކުމެ ފުލުހުންނާއި ކުރިމަތިލާން މަސައްކަތްކޮށްފައެވެ. އަދި އެ ކުރިމަތިލުންތަކުގައި މާރިޔާއަށް ވަރަށް ބޮޑަށް އަނިޔާވިއެވެ.
މި ލިއުމާއި ގުޅޭ