Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދައުލަތުގެ ސިޔާސަތު ކަނޑައަޅައި އިރުޝަދު ދެވޭނީ ރައީސުލްޖުމްހޫރިއްޔާއަށް: ޑރ.ޖަމީލު

ދައުލަތުގެ ސިޔާސަތު ކަނޑައަޅައި ވަޒީރުންނާއި މުއައްސަސާތަކަށް އިރުޝާދުދެވޭނީ ރައީސުލް ޖުމްހޫރިއްޔާއަށް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުމަށް މަޖިލިސް ރައީސް، ރައީސް ނަޝީދު އެންގެވި އެންގެވުމަށް އިޝާރާތްކުރައްވައި،މިއަދު ކުރެއްވި ޓުވީޓެއްގައި ޖަމީލު ވިދާޅުވީ ދައުލަތުގެ ސިޔާސަތު އެކަށެއެޅުމުގެ ބާރު ޤާނޫނު އަސާސީގެ 115ވަނަ މާއްދާއިން ލިބިފައިވަނީ ރައީސުލް ޖުމްހޫރިއްޔާއަށް ކަމުގައެވެ.
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ސިޔާސަތު ކަނޑައަޅައި އިރުޝާދު ދެވޭނީ ރައީސުލްޖުމްހޫރިއްޔާ އަށް. މަޖިލީހުގެ ބާރު އޮތީ ޤާނުނުއަސާސީގެ 70ވަނަ މާއްދާގައި. އެހެންވެ އަސާސީ ކަންކަންވެސް ނޭނގޭ ބޭފުޅުން ކައުންސިލަށް އެހެން ބަޔަކު ވާދަނުކުރަން ގޮވުމުން ހައިރާނެއް ނުވޭ pic.twitter.com/Vd5scjIzbo— Mohamed Jameel Ahmed (@MJameelAhmed) January 20, 2020

އަދި މަޖިލިހުގެ އިޚުތިޞާޞާއި ބާރުތައް ޤާނޫނު އަސާސީގެ 70ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމުގައިވެސް ޑރ.ޖަމީލު ވިދާޅުވިއެވެ. އަދި މިވަރުގެ އަސާސީ ކަންކަން ނޭނގޭ ބަޔަކު ކައުންސިލަށް އެހެން ފަރާތްތަކުން ވާދަނުކުރުމަށް ގޮވައިލާތީ ހައިރާންވެވަޑައިނުގަންނަވާ ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ.
3 އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް އެކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައިގައި ދައުލަތުގެ މުއައްސަސާތައް ޙާޒިރުކޮށް ރައްޔިތުން މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ނިންމި ނިންމުންތައް ތަންފީޒުކުރުމަށް ޖެންޑަރ މިނިސްޓަރު ޝިދާތާއަށް ރައީސް ނަޝީދުވަނީ އަންގަވާފައެވެ.
ވަޒީރުންގެ މަޖިލިހުގެ މެންބަރުން ޖަވާބުދާރީވެލައްވަން ޖެހޭ ފަރާތެއްގެ ގޮތުގައި، އަދި އެފަރާތްތަކުގެ މަސައްކަތްކުރައްވަންވީ ގޮތް ބަޔާންކުރާނެ ފަރާތެއްގެ ގޮތުގައި ޤާނޫނު އަސާސީގައި ބުނެފައިވަނީ ރައީސުލް ޖުމްހޫރިއްޔާއެވެ.
މި ލިއުމާއި ގުޅޭ