Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މުސްކުޅިންގެ އިނާޔަތް ކަނޑާލަންޖެހޭ: ރާއީ

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތްތައް ކަނޑާލުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ގޮވާލައިފިއެވެ.
މިއަދު މަޖިލީހުގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންމަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ އުމުރުން ދުވަސްވީ މީހުންނަށް ބާލާލާލަނަމަ، އޭގެތެރެއިންވެސް އެންމެ ގިނައިން ޖިންސީ ގޯނާ ކުރާ މީހުންގެ އުމުރަކީ 70 އަހަރުން މަތީގެ މީހުން ކަމަށެވެ.
އެއާއި ގުޅިގެން މެންބަރު ރާއީ ވިދާޅުވީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ އުމުރުން ދުވަސްވީ ފަރާތްތަކަށް ސަރުކާރުން ދެވޭ އިނާޔަތްތައް ދެވިގެން ނުވާނެ ކަމަށާއި، އެ އިނާޔަތްތައް ދިނުން ހުއްޓާލަންޖެހޭ ކަމަށެވެ.
ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަ ފަރާތު ކާފަ އަދި މުނިކާފަ ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ 2 މީހުންގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މީގެ އިތުރުން އިހުމާލުގެ މައްސަލައެއްގައި ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.
މި ލިއުމާއި ގުޅޭ