Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ޖަލުގައި ތިބި 16 މީހަކު މިއަހަރު މިނިވަން ކުރަނީ!

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެގެން ޖަލަށް ހުކުމްކޮށްފައި ތިބި 16 މީހަކު މިއަހަރު މިނިވަންވާނެއެވެ.
ޖެންޑާ މިނިސްޓްރީ އިން އާންމުކޮށްފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންގެ ލިސްޓު ދައްކާގޮތުން އޭގެތެރެއިން 16 މީހަކު ހުކުމް ތަންފީޒުކޮށް މިއަހަރު ނިމޭނެއެވެ. އަދި އެއާއި އެކު އެމީހުން މިނިވަންވާނެއެވެ.
އޮފެންޑާސް އެމްވީ ސައިޓުން 16 މީހުން މިނިވަން ވާނެކަމަށް ދެއްކި ނަމަވެސް އޭގެތެރެއިން ބައެއް މީހުން މިހާރުވެސް މިނިވަން ނުވާކަމެއް ނޭނގެއެވެ. ސަބަބަކީ މީގެ ކުރިންވެސް މިފަދަ ކުށްތަކުގައި ޖަލުގައި ތިބި މީހުން ހުކުމް ތަންފީޒުކޮށް ނުނިމެނީސް މިނިވަން ވެފައިވާތީއެވެ. މިގޮތުން ބޭސް ފަރުވާއަށާއި، އަދި އެފަދަ އެހެނިހެން ކަންތަކަށް ލުއި ދިނުމުން، ބައެއް މީހުން އަނބުރާ ޖަލަށް ނުދެއެވެ. އަދި ބައެއްފަހަރު ޕެރޯލްގެ ދަށުންވެސް ބައެއް މީހުން ދޫވެއެވެ. ކުޑަކުއްޖަކާއި ޖިންސީ ގުޅުން ހިންގައިގެން، ކުށް ސާބިތުވެ ޖަލުގައި ހުރި، ހޯރަ އިއްބެވެސް ވަނީ މިހާރު ދޫވެފައިކަން ފާހަގަކޮށްލެވެއެވެ. ހޯޜަ އިއްބެ މިނިވަން ވެފައިވަނީ ރައީސް ސޯލިހް ހޯރަ އިއްބެއަށް މާފު ދެއްވައި ހުކުމުގެ މުއްދަތު ކުރު ކުރުމުގެ ސަބަބުންނެވެ.
މިގޮތަށް މިނިވަންވާ މީހުންގެ އުޅުން ހުންނަގޮތެއް ބެލޭނެ ހަރުދަނާ ނިޒާމެއް އަދި ޤާއިމްކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެފަދަ މީހުންގެ ފައިގައި ޓެގު އަޅުވާ އެމީހުން އުޅޭ ތަންތަން ބެލުމަކީ މިހާރުވެސް ފުލުހުންނަށް ކުރެވިދާނެކަމެކެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ގިނައިން ޖަލަށް ހުކުމް ކުރެވިފައި ތިބީ މެދު އުމުރަށް ވުރެ މަތީ މީހުންނެވެ. އަދި މަދު އަދަދަކަށް ޒުވާނުން ތިބިއިރު ބަންގްލަދޭޝްއަށް ނިސްބަތްވާ ބައެއް މީހުންވެސް މިފަދަ މައްސަލަތަކުގައި ޖަލުގަ އެބަތިއްބެވެ.
މި ލިއުމާއި ގުޅޭ