ކަޝްމީރުގައި އިންޑިއާއިން ކަން ކުރަނީ ރަނގަޅަށް: ޝާހިދު

މަރިޔަމް ލީނާ 17 ޖެނުއަރީ 2020 21:59
Flowers
ޚާރިޖީވަޒީރު ޝާހިދު މޯދީ އާއި އެކު

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި އިންޑިއާއިން ކަންކުރަނީ މިހާރުގެ ހާލަތަށް ބަލާއިރު ކުރެވެން އޮތް އެންމެ ރަނގަޅަށް ކަމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 

ޝާހިދު މިހެން ވިދާޅުވީ ރައިޒީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. މީގެ އިތުރުން، އިންޑިއާއިން ދާދިފަހުން ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ، އެ ޤާނޫނާއި ދެކޮޅަށް އަދި އެއްކޮޅަށް ކުރަމުންދާ މުޒާހަރާ ތަކުން ދައްކައިދެނީ އިންޑިއާގެ ޑިމޮކްރަސީ ކުރިއަރާފައިވާ މިންވަރުކަމަށެވެ. 

އަދި ރާއްޖޭގެ ޤާނޫނުތައް ރާއްޖެއިން ބޭނުންގޮތަކަށް އިސްލާހު ކުރާނަމަ، އެކަމާއި ބޭރުގެ ފަރާތަކުން ނުފޫޒު ފޯރުވަން ރާއްޖެއިންވެސް ބޭނުން ނުވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޯގަސްޓު މަހު އިންޑިއާ އިންވަނީ އެ ޤައުުމުގެ ޤާނޫނު އަސާސީއިން ކަޝްމީރަށް ދީފައިވާ އަމިއްލަ ވަންތަކަމުގެ ހައްޤު ނިގުޅައިގެންފައެވެ. އަދި ކަޝްމީރަކީ ސީދާ އިންޑިއާގެ މައި ސަރުކާރުގެ ދަށުން ހިންގާ ތަނަކަށް ބަދަލުކުރިއެވެ. އިންޑިއާ ސަރުކާރުގެ އެ ނިންމުމާއި ދެކޮޅަށް އެތައްހާސް ބަޔަކު މުޒާހަރާކުރިއެވެ. އިންޑިއާއިން ވަނީ ކަޝްމީރަށް އެތައް ހާސް ސިފައިންނެއް ފޮނުވާ މުޅި ކަޝްމީރުގައި ކާފިއު އިއުލާންކޮށްފައެވެ. އަދި ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު ހައްޔަރުކޮށްފައެވެ. 

އެ ކަންތައްތަކާއި ގުޅިގެން މީގެ ކުރިން ރާއްޖެއިން ނެރުނު ބަޔާނެއްގައި ވަނީ އެ ކަންކަމަކީ އިންޑިއާގެ ދާހިލީ ކަންކަން ކަމަށާއި އެކަމާއި ރާއްޖެއިން ނުބެހޭނެކަމަށް ބުނެފައެވެ. ރާއްޖޭގެ ޤާނޫނުތައް ރާއްޖެއިން ބޭނުންގޮތަކަށް އިސްލާހު ކުރާނަމަ، އެކަމާއި ބޭރުގެ ފަރާތަކުން ނުފޫޒު ފޯރުވަން ރާއްޖެއިންވެސް ބޭނުން ނުވާނެކަމަށް ޝާހިދު ވިދާޅުވެފައިވާއިރު، 1 ފެބްރުއަރީ 2018 ގައި ދިވެހިރާއްޖޭގެ ސުްޕްރީމް ކޯޓުން ނެރުނު އަމުރެއް ތަންފީޒު ކުރުވަން މަޖްބޫރުކޮށް އިންޑިއާ އިން ބާރުގެ ބޭނުންނުކޮށްގެން ޝާހިދު ހިތްހަމަނުޖެހުން ފާޅުކުރެއްވިކަން ފާހަގަކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ައަބްޅޯ
ލާރިލާރި ޔޭސްސަރ! ބޮޑުލާދީނީ ސައި ތާނު
ރަސެލް
ޔާ ﷲ މިނުބައި ޝައިޠޯނާގެ ނިމުން ހިތި ކުރައްވާދޭވެ. އާމީން