Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް އޮފީހުގެ އެންގުމަކަށް ޝިދާތާ އާއި އެކު ބާއްވަން އޮތް ރާއްޖެމިއަދު ޕްރޮގްރާމް ކެންސަލްކޮށްފި

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި އޮތުމަށްފަހު މިހާރު އެ ޕްރޮގްރާމް ކެންސަލްކޮށްފިއެވެ.
އެ ޕްރޮގްރާމް ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 9 ގައެވެ. ނަމަވެސް މިހާރު ޕީއެސްއެމް އިން ދައްކަމުން ދަނީ ދިވެހި ފިލްމެކެވެ. "ދިޔަރެސް" އަށް އިތުބާރު ހުރިގޮތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮގްރާމް ކެންސަލްކޮށްފައިވަނީ ރައީސް އޮފީހުގެ އެންގުމަކަށެވެ.
2 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ. އެ ކުއްޖާއަށް އިންސާފު ހޯދުމަށް ގޮވާލާ މިއަދު ބަޔަކު ވަނީ ޖެންޑާ މިނިސްޓްރީ ދޮށަށްއެއްވެފައެވެ. އަދި އެތަނަށް މިނިސްޓަރު ޝިދާތާ ވަޑައިގެން އެއްވުމުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދެއްކެވިއެވެ. މިނިސްޓަރު އެތަނުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންވެސް ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ރޭޕް ކުރިކަމުގެ ތުހުމަތުގައި، މިހާރު ފުލުހުންވަނީ އެ ކުއްޖާގެ މުނިކާފަ، ކާފަ އަދި ބައްޕަ ހައްޔަރުކޮށްފައެވެ. އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވަނީ ވަރަށް ގިނަ ބަޔަކު އެ މީހާ ދިރިއުޅޭ ފްލެޓު ކައިރިއަށް އެއްވެ މުޒާހަރާ ކުރި ފަހުންނެވެ.
މި ލިއުމާއި ގުޅޭ