Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ތުއްތުކުއްޖާއަށް ޖިންސީ ގޮނާކުރި މީހުންނަށް ޤާނޫނުގައި އޮތް އެންމެ ހަރުކަށި އަދަބު ދީ: ޕްރޮގްރެސިވް ކޯލިޝަން

ދެ އަހަރުގެ ތުއްތުކުއްޖަކަށް ޖިންސީ ގޯނާކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ޤާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
އެކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ތުއްތު މަޢުޞޫމު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކުރުން ކުއްވެރިކުރާ ކަމުގައެވެ. އަދި މިޢަމަލު ހިންގީ އެކުއްޖާއަށް ރައްކާތެރިކަމާއި ހިމާޔަތް ދޭންޖެހޭ ފަރާތްތަކަކަށްވުމީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް ކަމުގައިވެސް އެކޯލިޝަނުން ބުނެފައިވެއެވެ.
އަދި މިކަން ކުރި މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް ވަގުތުން އެފަރާތްތަކަށް ޤާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުން އިލްތިމާސްކޮށްފައިވެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މައްސަލަތައް ފަހަކަށް އައިސް އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ކޯލިޝަނުން ފާޅުކޮށްފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ހަރުދަނާ ގޮތެއްގައި ކުރުމަށްވެސް އެކޯލިޝަނުން އެދިފައިވެއެވެ.
އެޕާޓީގެ ބަޔާން ނިންމާލާފައިވަނީ އެކުއްޖާއަށް ބަރަކާތްލައްވައި، އެކުއްޖާއަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާދަންނަވަމުންނެވެ.
މި ލިއުމާއި ގުޅޭ