Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޯލިޝަންގެ ވެރިން ތިއްބެވީ ހިޔާލީ ދުނިޔެއެއްގައި: ޑރ.ޖަމީލު

ވެރިކަން ކުރަމުން އަންނަ ކޯލިޝަންގެ ވެރިން ތިއްބެވީ ހިޔާލީ ދުނިޔެއްގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިގޮތުން ކޯލިޝަން އާ ބެހޭގޮތުން ރައީސް ނަޝީދު އާ ވާހަކައެއް ވިދާޅު ނުވާ ކަމަށާއި، މަޖިލިސް އިންތިހާބުގައިވެސް ކޯލިޝަނެއް ނެތް ކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިހާބުގައި އަމުދުން ކޯލިޝަންއަށް އެކުގައި ހިންގޭނެ މަގެއް ނެތްކަމަށާއި ކޯލިޝަންގެ ވެރިން ތިއްބެވީ ހިޔާލީ ދުނިޔެއްގައި ކަމަށް ޖަމީލް ވިދާޅުވިއެވެ. މީގެ އިތުރުން ކޯލިޝަނުގެ ވެރިން ސިޔާސީ ބާރުވެރިކަމުން މަހްރޫމްވެ ނިމެނީކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީއިން ފަށާފައިވާއިރު އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދަނީ ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިގޮތުން އެމްޑީޕީއިން ހަދާ ހާއްޔަށް އެހެން މީހުން ބިސް އަޅަން ނޫޅުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. އަދި ރައްޔިތުންނަށް ކަންކަން ކޮށްނުދެވެނީ ކޯލިޝަނާއި ހެދިކަމަށްވެސް ރައީސް ނަޝީދުވިދާޅުވިއެވެ.
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫން އާއި އެކު ކޯލިޝަނެއް ހައްދަވައިގެންނެވެ. އަދި އެ ކޯލިޝަނުން އެކުގައި މަޖްލީސް އިންތިހާބަށް ވާދަކުރުމަށްވެސް އޭރު އެއްބަސް ވެވުނެވެ. ނަމަވެސް ވެރިކަން ލިބުމާއި އެކު އެމްޑީޕީއިން ވަނީ އެ އެއްބަސްވުމަށް އަމަލު ކުރަން ދެކޮޅު ހަދައި އެންމެ ދެ ދާއިރާ ފިޔަވައި ހުރިހާ ދާއިރާއަކުން ރައްޔިތުންގެ މަޖްލީހަށް ކުރިމަތިލާފައެވެ.
މިގޮތަށް ކަންތައް ކުރިމަތިވިނަމަވެސް އަދިވެސް ރައީސް ސޯލިހް ވިދާޅުވަމުން ގެންދަވަނީ ކޯލިޝަން ވަރަށް ބަދަހި ކަމަށާއި ކޯލިޝަން ނުރޫޅޭކަމަށެވެ.
މި ލިއުމާއި ގުޅޭ