Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެމްޑީޕީ ހާއްޔަށް އެއްވެސް ބަޔަކު ބިސް ނޭޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ވެރިކަން ކުރާ އެމްޑީޕީގެ ހާއްޔަށް އެއްވެސް ބަޔަކު ބިސް އަޅާނެ ކަމެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީއިން ތިލަދުންމައްޗަށް ކުރަމުންދާ ދަތުރުގައި ރޭ ހއ.ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅު އަމާޒުވެފައިހުރީ ވެރިކަން ކުރާ ކޯލިޝަނުގައި ދެން ތިބި ޕާޓީތަކަށެވެ.
މިގޮތުން ކާޅު ހާލި ހެދީމައި ކޮވެލި އައިސް ބިސް އަޅާނެ ކަމެއް ނެތްކަމަށެވެ.
''އެމްޑީޕީގެ ހާއްޔަށް އެއްވެސް ބަޔަކު ބިސް އަޅާނެ ކަމެއްނެތް، ހަމަ އެއްބަޔަކުވެސް ބިސް އަޅާނެ ކަމެއްނެތް، އެކަމެއް ކުރާކަށް އެހެން ބަޔަކަށް ނުވެސް އިނގޭނެ. މި ހާލި ހަދާނީވެސް އަޅުގަނޑުމެން. މިއަށް ބިސް އަޅާނީވެސް އަޅުގަނޑުމެން، އެބިސް ފީކުރާނީ ވެސް އަޅުގަނޑުމެން، އޭގެން ފިޔޮއް ނެރޭނީވެސް އަޅުގަނޑުމެން. ހަމަ އެކުކުޅު ކާނީވެސް ހަމަ މި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ އެކީގައި ދިވެހި ރާއްޖޭގެ ރައްޔިތުން.'' ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ކެމްޕެއިން ޖެހުމުން އެކަނި ރަށްރަށަށް އަރާ ބައެއް ނޫންކަން ރާއްޖޭގެ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އަދި އިންތިހާބެއް އައުމުން އެކަން ހާއްސަ ކުރަނީ ވަކި ކަމަކަށް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެއީ ވަކި ވާހަކައެއް ދައްކަން ކަމަށާއި އަދި އެއަށް ކިޔަނީ ޑިމޮކްރަސީ ކަމަށެވެ.
ދިއްދޫގައި ދެއްކެވި ވާހަކަފުޅުގައިވެސް ރައީސް ނަޝީދުވަނީ ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވާނެ ކަމަށާއި އެޖެންޑާ19ގެ ވައުދުތައްވެސް 5 އަހަރުތެރޭގައި ފުއްދަވާނެ ކަމަށް ވިދާޅުވެފައެވެ.
''އަޅުގަނޑުމެން ކުރާ ވައުދުތައްވެސް ވަމުން މިދާ ވައުދުތައްވެސް ހާއްސަވެގެން މިދަނީ ވަކި ގަޑިއެއްގައި ވަކިކަމެއް ވަކި ގޮތަކަށް ކުރުމުގައި، 2018 ވަނަ އަހަރު މިރާއްޖޭގެ ވެރިކަން ބަދަލުވުމުގެ އެންމެ ބޮޑު ސިއްރަކީ ރާއްޖޭގައި އިންސާފު ގެއްލިގެން ދިޔަކަން. ފަނޑިޔާރުގެއިން ގާނޫނު ހެދުންވެސް އަދި އެހެން ކަންކަން ވެސް ކުރަމުން އައިކަން.'' ރައީސް ނަޝީދު ވިދާޅުވިއެވެ.
ނިސްބަތުން އާބާދީ ބޮޑު ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި، ވަރަށް މީހުން މަދުކަން ފާހަގަކުރެވެއެވެ. އަދި އީއްޔެ ރައީސް ނަޝީދު ޒިޔާރަތް ކުރެއްވި އެހެން ބައެއް ރަށްރަށުންވެސް އެމްޑީޕީއަށް ލިބިފައިވަނީ ފިނި ތަރުހީބެކެވެ.
މި ލިއުމާއި ގުޅޭ