Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޗައިނާގެ ތިން ސަހަރެއްގައި ރާއްޖެ އިޝްތިހާރު ކުރަނީ

ޗައިނާގެ ތިން ސަހަރެއްގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން އިންތިޒާމުކުރާ މި ކެމްޕެއިން އަމާޒުކޮށްފައި ވަނީ ޗައިނާގެ އެންމެ ބޮޑު ސަހަރުތައް ކަމަށްވާ ގުއަންޒޯ، ބެއިޖިންގ އަދި ޝަންހާއީ އަށެވެ.
އެމްއެމްޕީއާރްސީން ބުނެފައިވާ ގޮތުގައި މި ކެމްޕެއިންގެ ދަށުން ބެއިޖިންގ ގެ އެންމެ ބޮޑެތި އޮފީސް ޢިމާރާތްތަކުގައި ހިމެނޭ ދެހާސް ލެޑް ސްކްރީންތަކުގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކާނެއެވެ. އަދި ގުއަންގްޒޯގެ އެންމެ ބޮޑު ފަސް ޝޮޕިން މޯލްގެ ބޭރުގައި ބެހެއްޓިފައިވާ ބޮޑެތި ލެޑް ސްކްރީންތަކުގައި ވެސް ރާއްޖޭގެ ރިސޯޓުތަކާއި މަންޒަރުތައް ވެސް ދައްކާނެއެވެ.
މީގެ އިތުރުން ޝަންހާއިގެ އެންމެ ބާރުބޮޑު މެޓްރޯ ސްޓޭޝަންގައި ގެ ހަތް ސްކީރެއްގައި ވެސް ރާއްޖޭގެ އިޝްތިހާރުތައް ދައްކާނެއެެވެ. މި މެޓްރޯ ސްޓޭޝަނަކީ ދުވާލެއްގެ މައްޗަށް ދޮޅުލައްކަ މީހުން ބޭނުންކުރާ ސްޓޭޝަނެކެވެ.
އެމްއެމްޕީއާރްސީން ބުނެފައިވާ ގޮތުގައި މީގެ އިތުރުން ވެސް ޗައިނާގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާނެއެވެ. އޭގެ ތެރޭގައި 2 ރޯޑް ޝޯވ ބޭއްވުމާއި ފަތުރުވެރިކަމުގެ ދެ ފެއާއެއްގައި ބައިވެރިވުން ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. މިދިޔަ އަހަރު ވެސް ޗައިނާއިން ރާއްޖެއަށް 234,372 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މި ލިއުމާއި ގުޅޭ