Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސްކޫލްތައް ހިމެނޭ ސަރަހައްދުތައް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާނެ: ޕޮލިސް

2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މާދަމާ ފަށާއިރު ސްކޫލްތައް ހިމެނޭ ސަރަހައްދުތައް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ސްކޫލްތައް ހުޅުވުމުން ޚާއްސަގޮތެއްގައި މާލޭގެ ޓްރެފިކަށް އަންނާނެ ބަދަލުތަކާ އެއްގޮތަށް ފުލުހުންގެ މަސައްކަތްތަކަށް ވެސް ބަދަލު އަންނާނެ ކަމަށެވެ.
މީގެ އިތުރުން ހުރިހާ އެންމެންނަށް ސަލާމަތްތެރި އަދި ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި މަގުތައް ބޭއްވުމަށް މެދުކެނޑުމެއް ނެތި 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެެވެ.
ދިރާސީ އާ އަހަރާއި ދިމާކޮށް މާލޭގެ ސްކޫލަތައް ހިމެނޭ ސަރަހައްދުތައް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާނެ ކަމަށް ފުލުހުން ބުނި ނަމަވެސް އަތޮޅު ތެރޭގެ ރަށްތަކުގެ ސްކޫލްތައް ހިމެނޭގޮތަށް ކަމެއް ސާފެއް ނުވެއެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫއާއި ތިނަދޫ އަދި ލ.އަތޮޅުގެ ރަށްތަކުގެ ވެސް ހުރިހާ ސްކޫލެއްގެ ދޮށުގައި ފުލުހުން ޓްރެފިކް ނުބަލަހައްޓައެވެ.
މި ލިއުމާއި ގުޅޭ