Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސަރުކާރުގެ ފުރަތަމަ އަހަރު ކުރެވުނު އެންމެ ގަދަ 10 ކަންތައް ހާމަކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުރަތަމަ އަހަރު ކުރެވުނު އެންމެ "ގަދަ ދިހަ" ކަންތައް ހާމަކޮށްފިއެވެ. މި 10 ކަންތައް ހާމަކޮށްފައިވަނީ ސަރުކާރުގެ އެއް އަހަރުގެ ކާމިޔާބީތައް ހާމަކޮށް ރައީސް އޮފީހުން ނެރުނު ފޮތެއްގައެވެ.
މިގޮތުން ހާމަކޮށްފައިވާ ގަދަ 10 ކަަމަކީ:
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ރާއްޖޭގައި ބޭނުން ކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓައިލުމަށް ފުރަތަމަ އިއުލާން ކުރި އެއްޤައުމަށް ރާއްޖެވުން.
ސަރުކާރުން ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ރާއްޖޭގައި ބޭނުން ކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަމަށް އިއުލާންކޮށްފައެވެ. ރާއްޖެއަކީ މިގޮތަށް އިއުލާންކުރި ފުރަތަމަ އޭޝިއާގެ ޤައުމެވެ. މިއީ ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެކެވެ. ޕްލާސްޓިކް ފުޅި ބޭނުން ކުރުން މަދު ކުރުމަށްޓަކާ ރައީސް އޮފީހުގަ އަދި ވަރަށް ގިނަ ވުޒާރާތަކުގަ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ. އަދި އޭގެ ބަދަލުގައި ބޭނުން ކުރަނީ ބިއްލޫރި ފުޅިއެވެ. މިދިޔަ އަހަރު ގިނަ އޮފީސް ތަކުގައި މިގޮތަށް އަމަލު ކުރަން ފެށި ނަމަވެސް ސަރުކާރު ވުޒާރާއެއްގައި އެންމެ ފުރަތަމަ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.އިންތިޤާލީ އަދާލަތު
އިންތިޤާލީ އަދާލަތު ޤާއިމް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ހަޤީގަތް ހޯދަން ކޮމިޝަނެއް އުފައްދާފައެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކޮމިޝަނެއް އެކުލަވާލާފައެވެ. މީގެ އިތުރުން ނުހައްޤުން ވަޒީފާއިން ވަކިކުރެވުނު މީހުންނަށް ހައްޤު ހޯދައި ދިނުމަށްވެސް ކޮމިޝަނެއް އެކުލަވާލެވުނެވެ. މީގެ ތެރެއިން މިހާތަނަށް 119 ފަރާތެއްގެ ވަޒީފާ އިޔާދަ ކުރެވިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަައެވެ. ނަމަވެސް މަރު ކޮމިޝަނުން މިހާތަނަށް ނެރުނު ރިޕޯޓުތަކާއި މެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން ޑރ.އަފްރަޝީމް އަލީގެ މަރާއި ގުޅިގެން ނެރުނު ރިޕޯޓާއި ރައުދާ އާތިފްގެ މަރާއި ގުޅިގެން ނެރުނު ރިޕޯޓު ޤަބޫލު ނުކުރާކަމަށް އެ ބޭފުޅުންގެ އާއިލާތަކުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ރިލްވާން ގެއްލުވާލި މައްސަލާގައި އެކަން ކުރިކަމަށް ބުނެ ދައުވާ ކުރަން ފޮނުވި ފަރާތުގެ ތަހުގީގު ފުރިހަމަ ނުވަތީ، ދައުވާ ނުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ އަނބުރާ ފޮނުވާލާފައެވެ. އެސެޓް ރިކަވަރީ ކޮމިޝަނަށް ބަލާއިރު، އެ ކޮމިޝަނުން އަދި މިހާތަނަށް ކުރި މަސައްކަތެއް އަދި ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.ދެފުށް ފެންނަ ގޮތަށް ދައުލަތް ހިންގުން
ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް، އަދި ވަޒީރުންގެ އިތުރުން ސިޔާސީ މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންގެ މާލީ ބަޔާން ވަނީ އާންމުކޮށްފައެވެ. އަދި މީގެ އިތުރުން، ސަރުކާރުގެ މާލީ ހިސާބުތައް ކޮންމެ ހަފްތާއަކު އެއްފަހަރު ހާމަކުރަންވެސް ވަނީ ފަށާފައެވެ. ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރެއްވި ނަމަވެސް، އޭގެ ސައްހަކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަން ފާހަގަކުރެވެއެވެ. މިގޮތުން އެއްވެސް މާލީ ބަޔާނެއް ތައްޔާރު ކުރުމުގައި އޯޑިޓު ފާމެއް ނުވަތަ އޮޑިޓަރެއް ބޭނުންކޮށްފައި ނުވެއެވެ. މާލީ ބަޔާނުގައި އަމިއްލަ ބައެއް ކުންފުނިތަކުގެ މައުލޫމާތު ބައެއް ސިޔާސީ ބޭފުޅުން ހިމަނުއްވާފައި ނުވާ މައްސަލަވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.ރައްޔިތުންނާއި ގާތުން މަސައްކަތްކުރުން
ސަރުކާރުން މިދިޔަ އަހަރު ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްލަ 75 ރަށަކަށް ޒިޔާރަތް ކުރެއްވިއެވެ. އަދި 101 ކައުންސިލަކާއިވެސް ބައްދަލުކުރެއްވިއެވެ. ރައީސް ފުރަތަމަ އަހަރު ގިނަ ދަތުރުތަކެއް ކުރައްވާފައިވާއިރު ފާއިތުވި އަހަރު ދަތުރު ހަރަދު 200 މިލިއަން ރުފިޔާއަށްވުރެ ގިނައެވެ. އަދި ރައީސް އޮފީހަށް ފާސްކުރި ބަޖެޓުވެސް ހުސްވެ އެ ބަޖެޓުގެ ބޭރުންވެސް 62 މިލިއަން ރުފިޔާވަނީ ހަރަދުކޮށްފައެވެ.އަންހެނުން ބާރުވެރި ކުރުވުމަށް އަގުހުރި މަސައްކަތްތަކެއް
ސަރުކާރުން އަންހެނުން ބާރުވެރި ކުރުމުގެ ގޮތުން ކެބިނެޓުގެ ގިނަ މަޤާމުތަކެއް އަންހެން ބޭފުޅުންނަށް ދީފައިވެއެވެ. މިގޮތުން ކެބިނެޓު މަސައޫލިއްޔަތުތަކުގެ ތެރެއިން 35 އިންސައްތަ ވަނީ އަންހެން ބޭފުޅުންނާއި ހަވާލުކުރެވިފައެވެ. މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަވެސް ވަނީ އަންހެނުންނަށް ހާއްސަ ކުރެވިފައެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރަކު އައްޔަން ކުރީވެސް މިސަރުކާރުގައެވެ.ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ މީހުންނަށް ޤާނޫނީ ހިމާޔަތް ދިނުން
ކޮރަޕްޝަންގެ އަމަލުތައް ފަޅާ އަރުވާލާ މީހުންނަށް ޤާނޫނީ ހިމާތް ދޭނެ ޤާނޫނެއް ސަރުކާރުން ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ކޮރަޕަޝަން ރިޕޯޓު ކުރަން ހާއްސަ ވެބްސައިޓެއްވެސް ވަނީ އުފައްދާފައެވެ. ނަމަވެސް މި ވެބްސައިޓުން ރިޕޯޓު ކުރާ މައްސަލަތައް ލިބެނީ ރައީސް އޮފީހަށެވެ. އެހެން ކަމުން ސަރުކާރުގެ މަސްލަހަތު ހިމެނޭ ބޮޑު މައްސަލައެއް މި ވެބްސައިޓަށް ރިޕޯޓު ކޮށްގެން ބެލޭނެކަމަކަށް ގިނަ ބަޔަކު ނުދެކެއެވެ.ހަމަޖެހުމާއި އަމާންކަން ޤާއިމް ކުރުން
މިދިޔަ އަހަރު ގޭންގު ވަޔަލެންސުގެ ތެރެއިން އެއްވެސް މީހަކު މަރުނުވެއެވެ. އަދި ގުރޫޕު މާރާމާރީގެ އަދަދު ވަނީ 2018 އާއި ބަލާއިރު މަދުވެފައެވެ. ނަމަވެސް ފާއިތުވި 4 އަހަރާއި ބަލާއިރު 2019 ވަނަ އަހަރު ކުށުގެ އަދަދު ވަނީ ގިނަވެފައެވެ. މިގޮތުން ރެކޯޑު އަދަދަކަށް 2019 ވަނަ އަހަރު ވަނީ ވައްކަން އިތުރުވެފައެވެ.ވިހެއުމާއި ގުޅިގެން ކޮންމެ މަންމައަކަށް ހަ މަހުގެ މެޓާނިޓީ ލީވެއް
ވިހެއުމާއި ގުޅިގެން ކޮންމެ މަންމަ އަކަށް 6 މަހުގެ މެޓާނިޓީ ލީވެއް ދޭން ސަރުކާރުން ވަނީ ފަށާފައެވެ. ނަމަވެސް މި ލީވް ހަމައެކަނި ދެނީ ސަރުކާރުގެ މުވައްޒަފުންނަށެވެ. މީގެ އިތުރުން ބައްޕައިންނަށްވެސް 1 މަހުގެ ޗުއްޓީދެއެވެ. ސަރުކާރު މުވައްޒަފުންގެ އިތުރުން ބައެއް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް މި ގޮތަށް ޗުއްޓީދެއެވެ.ހަލާކުވެފައިވާ ޚާރޖީ ސިޔާސަތު ހަރުދަނާ ކުރުން
ސަރުކާރުން ވަނީ ޚާރޖީ ގުޅުންތައް ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ބޭރު ޤައުމުތަކަށް ރައީސް ސޯލިހް ވަނީ ގިނަ އަދަދެއްގެ ދަތުރުތައް ކުރައްވާފައެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި 3.2 ބިލިއަން ރުފިޔާ އެހީ ވަނީ ލިބިފައެވެ. ނަމަވެސް މިއަދަދަށް އެހީ ލިބުނު ކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ނުދައްކައެވެ. މީގެ އިތުރުން ޤަތަރާއި އިރާނާއި އަލުން ގުޅުން ބަދަހި ކުރަން ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދު އަދި ފުރިހަމަ ކުރައްވާފައި ނުވެއެވެ.ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމާއި ހެނދުނުގެ ނާސްތާ ދޭން ފެށުން
ސަރުކާރުން ވަނީ ފުރަތަމަ އަހަރު ހިލޭ ޑިގްރީއަށް ކިޔެވޭނެ ގޮތް ހަދާފައެވެ. މިގޮތުން ސަރުކާރުގެ ޔުނިވަސިޓީތަކުން އެއްކޮށް ހިލޭ ކިޔެވޭ އިރު އަމިއްލަ ކޮލެޖުތަކުގެ ފީ އިން ކޮންމެވެސް ވަރެއް ސަރުކާރުން ދައްކާދެއެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭންވަނީ ފަށާފައެވެ. ނަމަވެސް ނާސްތާއަށް ދަރިވަރުންގެ ތަރުހީބު ކުޑަކަން ފާހަގަކުރެވެއެވެ. ސަރުކާރުން ވަނީ އަންނަ އަހަރު، ނާސްތާއަށް ޕިއްޒާ ދޭނެކަން މިހާރު އިއުލާންކޮށްފައެވެ.
މި ލިއުމާއި ގުޅޭ