Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ތަރައްޤީގެ މަޝްރޫއުތަކަށް ބަޖެޓު ކުރިވަރާއި ގާތަށްވެސް ހަރަދު ނުކުރޭ

މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުގައި އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓު ކުރެވުނު ވަރާއި ގާތަށްވެސް ހަރަދު ކުރެވިފައި ނުވާކަން ހާމަވެއްޖެއެވެ.
މިގޮތުން ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން 1 ޖެނުއަރީ 2019 އިން ފެށިގެން 31 ޑިސެމްބަރު 2019 ގެ ނިޔަލަށް އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް 7.2 ބިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ. 2018 ވަނަ އަހަރު އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް ހަރަދު ކުރެވުނީ 5.8 ބިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު އުމްރާނީ ތަރައްޤީގެ މާ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ހިންގާފައި ނުވެއެވެ. އަދި ހިންގި ގިނަ މަޝްރޫއުތަކަކީވެސް ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ކަން ފާހަގަކޮށްލެވެއެވެ. ޕީއެސްއައިޕީ ބަޖެޓުގެ ބޮޑުބައި ހަރަދު ނުކުރެވުނު ނަމަވެސް 2019 އަހަރުގެ މުޅި ބަޖަޓުގެ ވަރަށް ކުޑަ މިންވަރެއް ނޫނީ ވަނީ ބޭނުންކޮށް ހުސްވެފައެވެ. ރައީސް އޮފީހުގެ ބަޖެޓާއި ދަތުރުތަކަށް ކަނޑައެޅި ބަޖެޓުވެސް އެއްކޮށް ހުސްވެ ބަޖެޓުގެ ބޭރުން ބޮޑެތި ހަރަދުތަކެއް ވަނީ މިދިޔަ އަހަރުކޮށްފައެވެ. އެހެން ކަމުން ލަފާ ކުރެވޭ ގޮތުގައި، ތަރައްޤީގެ މަޝްރޫއުތަކަށް ކަނޑައެޅުނު ފައިސާ މައިގަނޑުގޮތެއްގައި ހަރަދު ކުރެވުނީ ދަތުރުފަތުރު ކުރުމާއި މުސާރަ ދިނުން ފަދަ ހިންގުމުގެ ހަރަދުތަކަށެވެ.
މި ހިނގާ 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ސަރުކާރުން ވަނީ މިދިޔަ އަހަރާއި ހިލާފަށް މި އަހަރު ގިނަ މަޝްރޫއުތައް ހިންގޭނެ ކަމަށް ބުނެފައެވެ.
މި ލިއުމާއި ގުޅޭ