Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ 3 ވަނަ ދުވަހު

މި އަހަރުގެ ރައްޔިތުންގެ މަޖްލީސް ހުޅުވާ ދުވަހަކީ 3 ފެބްރުއަރީ ކަމުގައި ހަމަޖައްސަވައިފިއެވެ.
އަދި އެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާނެއް އިއްވަވާނެއެވެ. މިދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ރައީސް ގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަކީ މި އަހަރުގެ މަޖިލިސް ހުޅުވާ ދުވަހަށްވާތީ އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދިޔަ އަަހަރު ނިންމާލީ މިދިޔަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. މަޖްލީހުގެ ޤަވާއިދުގައި އޮންނަ ގޮތުން އަހަރެއް ތެރޭގައި މަޖްލީހުގެ 3 ދައުރު އޮންނާނެއެވެ. ފުރަތަމަ ދައުރު ފެބްރުއަރީގައި ފެށި ނިމޭނީ އޭޕްރިލްގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު ޖޫން އިން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އަދި ތިންވަނ ދައުރު އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ކޮންމެ އަހަރަކުވެސް ޗުއްޓީގެ ގޮތުގައި މަޖްލީސް މެމްބަރުންނަށް 3 މަސް ލިބެއެވެ.
މި ލިއުމާއި ގުޅޭ