Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކުޅުދުއްފުށި ސިޓީއެއް ކަމުގައި ހަމަޖައްސަވައިފި

ކުޅުދުއްފުށްޓަކީ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހަމަޖައްސަވައިފިއެވެ.
ރައީސް ޞާލިޙު އެކަން އިޢުލާނުކުރައްވާފައިވަނީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމުގައި ހަމަޖައްސަވާފައިވާ ކަމުގައެވެ. ކުޅުދުއްފުށިވެގެންދާނީ ރާއްޖޭގެ ހަތަރުވަނަ ސިޓީ ކަމުގައެވެ. ކުރިން ސިޓީގެ ދަރަޖަ ލިބިފައިވަނީ މާލެއާއި އައްޑޫގެ އިތުރުން ފުވައްމުލަކެވެ.
1 ޖަނަވަރީ 2020 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުޞޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް މިއަދު އަޅުގަނޑު ނިންމައިފިން.— Ibrahim Mohamed Solih (@ibusolih) December 31, 2019

ކުޅުދުއްފުށީގެ އާބާދީގައި 10،000 މީހުން ހަމަވުމާއެކު ސިޓީ ދަރަޖަ ލިބުމަށް އެރަށުގެ ރައްޔިތުންވަނީ އެދިފައެވެ. އަދި ސަރުކާރުންވަނީ އެރަށަށް ސިޓީ ދަރަޖަ ދިނުމަށް ވަޢުދުވެފައެވެ. ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދާއިރާތައް އިޢުލާނުކުރިއިރު ކުޅުދުއްފުށީގައި އޮންނާނެ ކަމަށް އިޢުލާނުކޮށްފައިވަނީ ރަށު ކައުންސިލެކެވެ.
ނަމަވެސް އެރަށު ކައުންސިލް ސިޓީ ކައުންސިލެއް ކަމުގައި ހަމަޖައްސައި އަންނަ އަހަރު އެރަށުގައި އޮންނާނީ ސިޓީ ކައުންސިލު އިންތިޚާބެއް ކަމުގައި ސަރުކާރުގެ ވެރިން ޔަޤީންކަން ދެއްވާފައިވާ ކަމުގައި އެރަށު ކައުންސިލުން ކުރިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މިނިންމެވުމާއެކު، އެރަށުގައި އޮންނަ އިންތިޚާބުގެ ތަރުތީބުތަކާއި އިންތިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
މި ލިއުމާއި ގުޅޭ