Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ހިންގުމުގެ ޤާބިލުކަން އެމްއޭސީއެލްގައި އެބަހުރި: ފައްޔާޒް

ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަދަރު ތަރައްޤީކޮށް ކުރިއަރުވައި ހިންގުމުގެ ޤާބިލުކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި އެބަހުރި ކަމުގައި އިޤުތިޞާދާ ބެހޭ ވަޒީރު ފައްޔާޒް އިސްމާޢީލު ވިދާޅުވެއްޖެއެވެ.
ފައްޔާރު މިއަދުކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު ނެގުނީ އެއާޕޯޓު ތަރައްޤީކުރުމާއި ހިންގުމުގެ ފުރިހަމަ ޤާބިލުކަން ދިވެހިރާއްޖޭގެ ވައިގެ ބަދަރުތަކާ ބެހޭ ކުންފުނީ އެމްއޭސީއެލްގައި ހުރުމުން ކަމުގައެވެ. އަދި ކުޑަކުޑަ ސީޕްލޭން ގިމަތަ (ޓާރމިނަލް) ހިންގައިލުމުގެ ފުރިހަމަ ޤާބިލުކަން އެމްއޭސީއެލްއަށް ލިބިފައިވާ ކަމުގައެވެ. އަދި އެތަން ރަނގަޅަށް އެކުންފުނިން ހިންގާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ. އޭގެ އިތުރުން ފައްޔާޒު ވިދާޅުވީ އެކުންފުނިން ކުރިއަށްދާނީ އެއްބަސްވުނަތަކަށް އިޙުތިރާމުކޮށްގެން ކަމުގައެވެ.
ދައުލަތުގެ ކުންފުނި އެމްއޭސީއެލުން ބޮޑު ޚަރަދެއްކޮށްގެން އަޅާފައިވާ މިޓާމިނަލަކީ 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ބިނާކޮށްފައިވާ ތަނެކެވެ. މިތަން ވަރަށް ކުޑަ ކުއްޔެއްގައި ޓީއެމްއޭއަށް ދިނުމަށް އެމްއޭސީއެލުން މަސައްކަތްކުރަމުން ދިޔަ ކަމުގައި ނޫސްތަކުން ބުނެފައިވެއެވެ.
ޓީއެމްއޭއަށް މިގިމަތަ ދޫކުރަން އުޅުމުން ޢާންމުންނާއި ގިނަ ޢަދަދެއްގެ ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާއެކު، އެތަން ކުއްޔަށް ދިނުމާމެދު ތިންވަނަ ވިސްނުމަކަށް އެމްއޭސީއެލުން ދިޔައެވެ. އެގޮތުން އެތަން ތިން އަހަރުދުވަހުގެ މުއްދަތަކަށް ސީޕްލޭން އޮޕަރޭޓުކުރާ ކުންފުނިތަކުން ގިމަތަ ހިންގާނީ 3 އަހަރުގެ މުއްދަތަކަށް ކަމުގައެވެ. އަދި އެމުއްދަތުގެ ތެރޭގައި އެމްއޭސީއެލުން މަޑުމަޑުން ބައިބައަށް އެގިމަތައިގެ އެކިކަންކަމާ ހަވާލުވާނެ ކަމުގައިވެސް އެފަރާތުން ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ