އިންޑިއާ އިން ރާއްޖެއައި މީހެއްގެ އަތުން 13600 ރުފިޔާގެ ގަންޖާ އަތުލައިގެންފި

މަރިޔަމް ލީނާ 29 ޑިސެމްބަރު 2019 13:53
Flowers
އިންޑިއާ މީހާ އަތުން އަތުލައިގަތް މަސްތުވާތަކެތި

އިންޑިއާ އިން ދިވެހިރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި މަހުގެ 26 ވަނަ ދުވަހު ރާއްޖެއައި އިންޑިއާ މީހެއްގެ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސް ވަނީ އަތުލަައިގެންފައެވެ. އިންޑިއާގެ މުމްބާއީއިން އައި 30 އަހަރު އެ ފިރިހެންމީހާ އަތުގައި ހުރި މަސްތުވާތަކެތީގެ ބަރުދަން 17 ގުރާމަށް އަރައެވެ. އަދި އެތަކެތީގެ މަގުމަތީ އަގަކީ 13600 ރުފިޔާ ކަމަށް ކަސްޓަމުން ވަނީ ހާމަކޮށްފައެވެ.

އެ މީހާ މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެ ކުރަނީ އިންޑިއާ މަގުންކަން ފާހަގަކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު