މަނަދޫ މެމްބަރު ހާރޫން އީޕީއޭއަށް: އަތޮޅުތެރޭގެ ތަރައްޤީއަށް ހުރަސް ނާޅުއްވާ!

މަރިޔަމް ލީނާ 29 ޑިސެމްބަރު 2019 12:27
Flowers
މާފަރު އެއާޕޯޓު

ނ.މާފަރުގައި ތަރައްޤީކޮށްފައިވާ އެއާޕޯޓު އިތުރަށް ބޮޑުކުރުމަށް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދިޔުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ލަފާ ދިނުމުން، ނ.މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

މިގޮތުން މިއަދު ކުރެއްވި ޓުވީޓެއްގައި ހާރޫން ވަނީ ނ.މާފަރު ފަޅުން ވެލި ނެގުން ނުހުއްޓުވުނު ކަމަށާއި، އަތޮޅުތެރެ ތަރައްޤީ ވާތީ ތިމާވެށި ހަލާކުވަނީ ކަމަށް ވިދާޅުވެފައެވެ. އަދި މާލެ ކައިރީ ރިސޯޓު ހަދަން ފަޅު ހިއްކުން އޯކޭ ކަމަށާއި، ތަރައްޤީ ކުރެވެނީ މާލެ ވަށައިގެން އެކަނިކަމުގައި ވިދާޅުވިއެވެ. އީޕީއޭ ޓެގު ކުރައްވައި ހާރޫން ވަނީ އަތޮޅު ތެރޭގެ ތަރައްޤީއަށް ހުރަސް ނޭޅުއްވުމަށް އެދިވަޑައިގެންފައެވެ. އެންވާރުމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށް ފަހު، އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް ލަފާދީ އީޕީއޭ އިން ބުނެފައިވަނީ މާފަރު އެއާޕޯޓްގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓް ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ލިބޭނެ ސޯޝިއޯ އިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.

މާފަރު އެއާޕޯޓަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްޤީ ކުރެވުނު އެއާޕޯޓެކެވެ. އަބޫދާބީ ފަންޑުގެ އެހީގައި ތަރައްޤީކުރެވުނު މި އެއާޕޯޓުގައި އެއާބަސް އޭ320 އަދި 747 ޖެއްސޭ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ އެއާޕޯޓެކެވެ. 

ކިޔުންތެރިންގެ ހިޔާލު
ާމާހިދު
ނ.އަތޮޅު ތަރައްގީއަށް އީ.ޕީ.އޭ. އިން ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ހުރަސް އެޅުމުގެ ބަދަލުގައި އެއްބާރުލުން ދެއްވާ މަގުފަހިކޮށް ދެއްވުމަށް ގޮވާލަން. އެއީ 16 ހާސްމީހުންގެ އާބާދީގެ އުއްމީދު.
މާހިދު
16 ހާސް މީހުންގެ އުއްމީދަށް ހުރަސްނާޅާ. އަވަހަށް ހުއްދަ ދެއްވާ