ސައްދާމް ހުސެއިންގެ އެންމެ ފަހު ބަސްފުޅަކީ ކޮބައިކަން އެނގޭތަ؟

މަރިޔަމް ލީނާ 27 ޑިސެމްބަރު 2019 09:47
Flowers
އިރާޤުގެ ކުރީގެ ރައީސް ސައްދާމް ހުސެއިން

ގިނަ ދުވަސްތަކެއް ވަންދެން އިރާޤުގައި ވެރިކަން ކުރެއްވި ސައްދާމް ހުސެއިން ދަން ޖައްސައި ޝަހީދުކޮށްލެވުނީ 2006 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހުގައެވެ. އެފަހުން މިހާރު 13 އަހަރު ވަނީއެވެ. 

ސައްދާމް ހުސެއިން މަރާލެވުނީ، އެމެރިކާ އިން އިރާޤަށް އަރައި، އެޤައުމު ހިސާރުކޮށް އަދި ސައްދާމު ހައްޔަރުކުރުމަށް ފަހު، ހިންގުނު ތަހުގީގަކަށްފަހު ސައްދާމުގެ މައްޗަށް މަރުގެ ހުކުމް ކޮށްގެންނެވެ. ސައްދާމް ދަން ޖައްސާ މަރާލުމުގެ ކުރިން، ސައްދާމާއި ހަވާލުވެ ތިބި ގާޑުންނާއި ސައްދާމާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ. 

މިގޮތުން އެ ތަނުން ގާޑަކު ވަނީ، ސައްދާމާ ދިމާލަށް، ސައްދާމު ވަނީ އެމީހުން ހަލާކު ކޮށްލާފައި ކަމަށާއި، އެ މީހުން މަރާލާފައި ކަމަށް ބުނެފައެވެ. އަދި އެމީހުން އިންތިހާއަށް ފަގީރު ކަމުގައި ދިރިއުޅެން މަޖުބޫރު ކުރުވާފައި ކަމަށްވެސް ބުނެފައެވެ. 

ސައްދާމް ވަނީ އޭގެ ރައްދުގައި، އޭނާ ވަނީ އެމީހުން ފަގީރު ކަމުން ސަލާމަތްކުރެއްވި ކަމަށާއި، އެމީހުންގެ ދުޝްމަނުން ކަމުގައިވާ އެމެރިކާ މީހުންނާއި ފާރިސީންގެ ކިބައިން އެމީހުން ސަލާމަތްކޮށްދެއްވި ކަމަށް ވިދާޅުވިއެވެ. އެހެން ވިދާޅުވުމުން އެގާޑުވަނީ ސައްދާމާއި ދިމާލަށް، ﷲ އޭނާއަށް ލައުނަށް ލެއްވުން އެދި ދުއާކޮށްފައެވެ. ސައްދާމްވެސް ވަނީ ހަމަ އެގޮތަށް އެ ގާޑާމެދު ދުޢާކުރައްވާފައެވެ. 

އެވަގުތު، އެތާ ހުރި އިރާޤުގެ ސަރުކާރުގެ އިސްވެރިޔަކު ވަނީ އެގާޑުންނަށް އެގޮތަށް ސައްދާމާއި ދިމާލަށް އިހާނެތި ބަސްތައް ބުނުން މަނާކޮށްފައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ސައްދާމްގެ ކަރުގައި ދަންމަޅި އެއްސިއެވެ. ދެން ސައްދާމް ޝަހާދަތުގެ ދެކަލިމަ ވިދާޅުވެ ރަސޫލާއަށް ސަލަވާތް ވިދާޅުވިއެވެ. އެއަށްފަހު ސައްދާމް ދަންޖެއްސުނެވެ. 

އޭގެ ފަހުން 13 އަހަރުވީ އިރު، އިރާޤު އަދިވެސް އޮތީ ހަނގުރާމައިގެ ހާލަތުގައެވެ. އިންތިހާއަށް ފަޤީރު ކަމުގައެވެ. އަދި ނުރައްކާތެރި އެތައް ކަންތައްތަކެއް ކޮންމެ ދުވަހަކު ހިނގާ ނާމާން ތަނެއްގެ ގޮތުގައެވެ. އެމެރިކާ އިން އިރާޤަށް އަރަން ދެއްކި ހުރިހާ ބަހަނާތަކަކީ ދޮގުކަމަށް އެމެރިކާގެ ސަރުކާރުން އެކަން ކުރަން އުޅުނު އެންމެން އަމިއްލައަށްވަނީ އިޢުތިރާފުވެ އެއްބަސްވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު
އިންސާފް
ނުބައިކަމަކުން ރަނގަޅުކަމެއް ނުފެންނާނެ. ރަނގަޅު ކަމަކުން ނުބައިކަމެއް ނުފެންނާނެ.
އަލީ
ހަގީގަތަކީ ތީ
ޢަލީބެ
އިރާގަށް ދިން ގެއްލުމުގެ ބަދަލު އެމެރިކާއިން ދައްކަންޖެހޭނެ. މަރާލި އެންމެންގެ މަރުގެ ދިޔަވެސް ދައްކަންޖެހޭނެ.
ޢަލީ
އިރާގު ރައްޔިތުން ޤަމާރީ ހަމަ މިރާއްޖޭގެވެސް ހާލަކީތީ
ދެރަކަމެެއް
ފަހުބަހަކީ ކޮބާ ހޭ 🤬
މަރީ
ޝަހާދަތް
އަލީ
މި ހަބަރު ނުކިޔަންޏަކާ ނޭންގޭނެ ދޯ
މުނާ
އެގައުމަަށް ލިބުނު ފިލާވަޅެއް...ރާއްޖެއަށް ވެސް މި ވަނީ ބަޔަކު ހަލާކު ކުރުމުގަ
ސައްދާމު
މިހާރު ދިވެހިން ނަށް ވެގެން އުޅެނީ މިކަހަލަ ގޮތެއް ކަންނޭގެ ހަހަހަހަހަ
ބުޝް
ތެދުވެރި އީމާން ތެރިޔަކު އެކަލާންގެ ނާއުންމީދު ނުކުރައްވާނެތެވެ. ސައްދާމް ހުސައިން
އާދު
މިގައުމައްވެގެން މިއުޅެނީ މިހެން ތަފާތަކީ ބަޔަކު އަރާ ނުހިފާކަން
ޙިޔަލަކަމަނަ
ސުބްހާނަﷲ އެއްމެ ފަހު ވަގުތު އެމަތިވެރި ކަލިމަތައް ހަގައިމުވެސް ނުބައިމީ ހަކައް ނުކިޔޭނެ
Ahmed Ramih
ޝައްކެއް ނެތް
މުޙައްމަދު
ޣައިރު މުސްލިމުން ކޮންމެ ޤައުމަކަށްވެސް އަރަނީ އެޤައުމެއްގައި އުޅޭ ޚާއިނުންގެ ސަޕޯރޓް އޮވެގެން، އެތަނަށް ބާރުގެ ދަށަށް ގެނެސް ފުރަތަމަވެސް ދުއްވާލަނީ އެތަނެއްގައި ތިބޭ އިޚްލާޞްތެރިން "ވެރިންނާއި ރައްޔިތުން" އެތަނެއްގައިތިބޭ ޙަސަދަވެރިންނާއި، ޢަދާވާތްތެރިންނާއި، އަމިއްލަ އެދުން ބޮޑު މީހުންނަށް އެކަމެއް ނުވިސްނޭނެކަން ހިތާމައަކީ، އާޚިރުގައި ހަލާކުވެގެން ދަނީ އެންމެން
ޙައްވަ
ޥެރިޔާގެ ހުރި މައްސަލައެއް ޢަދުއްވުން ލައްވައި އިސްލާޙު ކުރުމުގެ ހިތިކަން އެއީ. މިޤައުމުވެސް މިދަނީ މިއަދުގެ ދުނިޔޭގެ ތާވަލުގެ ތަރުތީބުން އެދިމާއަށް.
ނުރަބޯ
ވަރަށްބޮޑު ތެދެއް ތި ބުނުއްވީ.
ހިޔަލަ
ސައްދާމް ޙުސައިން އަވާރަކޮއްލި ހިޖުރީ ތާރީޚް ހަދުމަ ނެތީތޯ މުސްލިމުންނަށް އައި އުފާވެރި ޢީދު ދުވަސް ހިތާމައިގެ ކަރުނައިގެ ކޯރަކަށް ބަދަލުކޮށްލިދުވަސް އިރާގުގެ އަމިއްލައެދުންބޮޑު ބަޔަކު އަމިއްލަ ނަފުސުގެ ދުޝްމަނުންނަށް އަމިއްލަ ދީނާއި ޤައުމު ވިއްކާލުމުގެ ނަތީޖާގެ ހިތިރަހަ މުޅިޤައުމަށް މިއީ ދިވެހިންވެސް ވިސްނާލަންޖެހޭކަމެއް 😢
ައަލީ
ތެދެއްތީ
މަރީ
އޭނާއަށް ލައުނަށް ލެއްވުން އެދި ދުއާކޮށްފައެވެ. ސައްދާމް ވެސް ވަނީ ހަމަ އެގޮތަށް އެ ގާޑާމެދު ދުޢާކުރައްވާފައެވެ.(އެއީފަހު ބަހަކީ) އޭގެ ފަހުން 13 އަހަރުވީ އިރު، އިރާޤު އަދިވެސް އޮތީ ހަނގުރާމައިގެ ހާލަތުގައެވެ. އިންތިހާއަށް ފަޤީރު ކަމުގައެވެ. އަދި ނުރައްކާތެރި އެތައް ކަންތައްތަކެއް ކޮންމެ ދުވަހަކު ހިނގާ ނާމާން ތަނެއްގެ ގޮތުގައެވެ.
ގެރިކުޑޭ
މިގައުމަށް އިންޑިޔާއިން އަރާ މިތިބީ މިތާ މިއުޅޭ ބުއްޅަބޭގެ ނުބައިކަމުންނޭ ހަމައެކަނި ބުނެވޭކަށްނެތް! ދިވެހިންގަޑު މޮޔަހައްދާފަ ވޯޓްދީގެން!