Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ސުކޫލުތައް ދޫކުރިނަމަވެސް ޕީޕީއެމްއަށް ރެހެންދި ސުކޫލު ދޫނުކުރި

ޕީޕީއެމްއިން އެޕާޓީގެ ހަރަކާތްތެރިންނާއި މެންބަރުންނާއެކު ބައްދަލުވުމެއް ހުޅުމާލޭގައި ބޭއްވުމަށް ހުޅުމާލޭގައި ހުންނަ ރެހެންދި ސުކޫލު ހޯލު ހޯދުމަށް އެދުމުން އެސުކޫލު ދެވެން ނެތްކަމުގައި އެސުކޫލުން އެޕާޓީއަށް އަންގައިފިއެވެ.
އެސުކޫލު ޕްރިންސިޕަލް ނާޒިމް ޢަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް ސުކޫލުގެ ތަންތަނާއި ތަކެތި ދޫނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ލަފާ އަރުވާފައިވާ ކަމުގައެވެ. އެހެންކަމުން ސުކޫލުގެ ހޯލު ޕީޕީއެމުން އެދުނު ފަދައިން ޕީޕީއެމްގެ ހަރަކާތަށް ދޫކުރެވެން ނެތް ކަމުގައެވެ.
މިސިޓީ މީސްމީޑިޔާގައި ޢާންމުކުރައްވާފައިވަނީ ޕީއެންސީގެ ނައިބުލީޑަރު އަދި ރައްޔިތުން މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ. ޝުޖާޢުގެ ޓުވީޓުގައި ފާހަގަކުރައްވާފައިވަނީ އެމްޑީޕީގެ ސިޔާސީ ބައެއް ހަރަކާތްތަކަށް ސުކޫލުތައް ދޫކޮށްފައިވާ ކަމެވެ.
MOE Dr.@aisthly,MDP ge Youth Congress Baahvan Hulhumale’ “Huravee School” Dhevvee Kon Usoolakun Tho? MDP Agenda19 Baahvan Hulhumale’ Brightway International School Dhevvee Kon Usoolakun Tho? PPM ge Harakaathakah “Rehendhi School” Nudhevvumakee Ladhuvethi Kameh.#MeeMageyRaajje pic.twitter.com/fAasjl68pu— Ibrahim Shujau💙 (@shuja3831) December 24, 2019

އެގޮތުން އެމްޑީޕީގެ ޔޫތު ކޮންގުރެސް ބޭއްވުމަށް ހުޅުމާލޭގައި ހުންނަ ހުރަވީ ސުކޫލު ދޫކޮށްފައިވެއެވެ. އަދި ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަރނޭޝަނަލް ސުކޫލުގައި އެޖެންޑާ 19ގެ ދަށުން ހަރަކާތްތަކެއް ބާއްވާފައިވެއެވެ. އެކަން ފާހަގަކުރައްވައި ޝުޖާ ވިދާޅުވެފައިވަނީ ރެހެންދި ސުކޫލު ޕީޕީއެމަށް ނުދިނުމަކީ ލަނދުވެތި ކަމެއް ކަމުގައެވެ.
މި ލިއުމާއި ގުޅޭ