ޖާބިރުގެ އަތްޕުޅުން ރައީސް މައުމޫނު ނެންގެވި 29 މިލިއަން ރުފިޔާގެ މައްސަލަ ފުލުހުންނަށް

ޝިފްޒާން އަހްމަދު 22 އޯގަސްޓު 2019 17:31
Flowers
ފޮޓޯ:ސީއެންއެމް

ޖާބިރުގެ އަތްޕުޅުން 29 މިލިއަން ރުފިޔާ ނެންގެވުމަށް ފަހު، އެފައިސާ ލިބިވަޑައިގެންފައި ނުވާ ކަމުގައި ވިދާޅުވެ ރައީސް މައުމޫނު އިތުރުފުޅު ހައްދަވާފައިވާތީ، އެފައިސާގެ މައްސަލަ ތަޙުޤީޤުކޮށްދެއްވުން އެދިވަޑައިގެން ޖާބިރު ފުލުހަށް ސިޓީއެއް ލައްވައިފިއެވެ. ފުލުސް ކޮމިޝަނަރު މުޙައްމަދު ޙަމީދާ މުޚާޠަބުކުރައްވައި ފޮނުއްވި ސިޓީގައި ޖާބިރު ވިދާޅުވެފައިވަނީ އެފައިސާގެ މައްސަލާގައި ރައީސް މައުމޫނު ފުލުހުންގެ އިދާރާއަށް ޙާޟިރުކުރައްވައި އަވަސް ތަޙުޤީޤެއް ހިންގަވައިދެއްވުން އެދިވަޑައިގަންނަވާ ކަމުގައެވެ.

މި 29 މިލިއަން ރުފިޔާއަކީ ރިޔާސީ އިންތިޚާބުގައި ބޭނުންކުރެއްވުމަށް އެމަނިކުފާނު ހޯއްދެވި ލޯނެއްކަމުގައި ޖާބިރު ކުރިން ވިދާޅުވެފައިވެއެވެ. އަދި އެފައިސާގެ ކަންކަމުގައި ރައީސް މައުމޫނުގެ ފަރާތްޕުޅުން ޖާބިރާ މުޢާމަލާތްކުރެއްވީ ފާރިސް މައުމޫނު ކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ. ރައީސް މައުމޫނު އަދި އެމަނިކުފާނު އިސްވެ ހުންނަވައި ހިންގެވި ސިޔާސީ ހަރަކާތް (އެމް.އާރު.އެމް)އިން ވަނީ އެފަދަ މުޢާމަލާތެއް ރައީސް މައުމޫނު ހިންގަވާފައި ނޯންނާނެ ކަމުގައި ބަޔާންކުރައްވާފައެވެ. އަދި ޖާބިރުގެ ތުހުމަތުތައް ދޮގުކުރައްވާފައިވެއެވެ.

ރައްޔިތުން މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު ޢަބްދުﷲ ޖާބިރު ފުލުހުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޙައްޤު ހޯއްދަވައިދެއްވުން އެދިވަޑައިގަންނަވާ ކަމުގައެވެ. އަދި ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން ތަޙުޤީޤަށް ބޭނުންވާނެ ހެކި ހުށަހަޅުއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ައަދުލު
ރައީސު މައުމޫނު ޖަބިރު އަތުގައި އަމާނާތެއްގެ ގޮތުގައި ބެހެެއްޓި ކުޑަ ފައިސާ ކޮޅެއް ހޯ ދީމާ ހާ ދަ ކޯފާވެގެން ޖާބިރު މިއުޅުއްވަނީ ބަލަ މައުމޫނު ޖާބިރަށް ލޯނު ދިން ވަރު އެގޭތޯ !
ައަދުލު
ރައީސު މައުމޫނު ޖަބިރު އަތުގައި އަމާނާތެއްގެ ގޮތުގައި ބެހެެއްޓި ކުޑަ ފައިސާ ކޮޅެއް ހޯ ދީމާ ހާ ދަ ކޯފާވެގެން ޖާބިރު މިއުޅުއްވަނީ ބަލަ މައުމޫނު ޖާބިރަށް ލޯނު ދިން ވަރު އެގޭތޯ !