Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް އަޒުމިރަލްދާއާއި ޝުޖޫން ހަމަޖައްސެވުމާމެދު ލަފައަކަށް ރައީސް އެދިވަޑައިގެންފި

ހައިކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ކުރިން ފުރުއްވި ޑރ.އަޒްމިރަލްދާ ޒާހިރާއި، މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވި ޢާއިޝަތު ޝުޖޫން ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް ހަމަޖެއްސެވުމާމެދު ލަފައކަށް ޖޭއެސްސީގެ ކިބައިން ރައީސުލް ޖުމްހޫރިއްޔާ އެދިވަޑައިގެންފިއެވެ. ރައްޔިތުން މަޖިލހުން ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިޞްލާޙެއްގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 ފަނޑިޔާރުންނަށް އިތުރުކުރުމާއެކު، ސުޕްރީމު ކޯޓަށް އިތުރު ދެފަނޑިޔާރުން ޢައްޔަންކުރަން ޖެހިފައިވެއެވެ.
އެދެމަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސް އިޚުތިޔާރުކުރައްވާފައިނަވީ ދެއަންހެން ބޭފުޅުންނެވެ. އަލްއުސްތާޛާ ޢާއިޝަތު ޝުޖޫނަކީ ދިވެހިރާއްޖޭގެ ކޯޓަކަށް ފުރަތަމަ ޢައްޔަނުކުރެވުނު އަންހެން ބޭފުޅާއެވެ. އެކަމަނާ އެންމެ ފުރަތަމަ މަދަނީ ކޯޓުގެ ޤާޟީކަމަށް ޢައްޔަނުކުރެއްވުނީ ޑރ.މުޙައްމަދު ޖަމީލު އަޙުމަދުގެ ޖަސްޓިސް މިނިސްޓަރުކަމުގައެވެ. މަދަނީ ކޯޓުގެ ފަނޑިޔާރުކަމުން އެކަމަނާ އިސްތިއުފާދެއްވީ 2015ވަނަ އަހަރުއެވެ. ޑރ.އަޒުމިރަލްދާ ޒާހިރަކީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވި ހަމައެކަނި އަންހެން ބޭފުޅާއަކީ އެކަމަނާއަކީ ޤާޟީކަމުގެ މަޤާމުގައި، ޖުޑީޝަރީގައި ތިއްބެވި ދެ ޕީއެޗްޑީ ހޯލްޑަރުންގެ ތެރެއިން އެއްބޭފުޅާއެވެ. އަނެއް ބޭފުޅަކީ މިހާރުގެ އުއްތަމަ ފަނޑިޔާރެވެ.
ޑރ.އަޒުމިރަލްދާއާއި އަލްއުސްތާޛާ ޝުޖޫނު ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް ޢައްޔަނުކުރެވިއްޖެނަމަ ދެބޭފުޅުން ވެވަޑައިގަންނަވާނީ އެންމެ މަތީ ކޯޓުގެ ބެންޗުގައި ތިއްބަވާ ފުރަތަމަ އަންހެން ބޭކަނބަލުން ކަމުގައެވެ.
މި ލިއުމާއި ގުޅޭ