Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދަތުރުތަކަށް 207 މިލިއަން ރުފިޔާ ހަރަދުކޮށްފި!

2019 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހަށް ދައުލަތުން ދަތުރުތަކަށް ކުރި ހަރަދު 207.2 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިކަން ހާމަވެފައި ވަނީ ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ހިސާބުތަކުންނެވެ. ޑިސެމްބަރު 19 ވަނަ ދުވަހުގެ ނިޔަލަށް 207.2 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ޑިސެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުވެފައިވަނީ 199.2 މިލިއަން ރުފިޔާއެވެ. އެހެންކަމުން ފާއިތުވި ހަފްތާގެ ދަތުރުތަކަށް ދުވާލަކު މިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުވެފައެވެ. އަދި މުޅި އަހަރަށް ބަލާއިރު، ކޮންމެ ދުވަހަކު 5 ލައްކައަށް ވުރެ ގިނަ ރުފިޔާ ދަތުރުތަކަށް ހަރަދުވެފައިވާ ކަން ފާހަގަކުރެވެއެވެ.މިއަހަރަށް ދަތުރުތަކަށް ބަޖެޓުކޮށްފައިވަނީ 142.1 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ ފައިސާ ވަނީ މީގެ މަސްތަކެއް ކުރިން ހުސްވެފައެވެ.
މިއަންނަ އަހަރުވެސް ދަތުރުފަތުރަށް ބޮޑު ބަޖެޓެއް ހާއްސަ ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. ރައީސް ސޯލިހު އަދި ވަރަށް ގިނަ ވަޒީރުންވެސް ގިނަ ގިނައިން ރާޢްޖެއިން ބޭރަށް ދަތުރުކުރައްވައެވެ. އެންމެ ގިނައިން ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާ ވަޒީރަކީ ޚާރޖީވަޒީރު އަބްދުﷲ ޝާހިދެވެ. ސަރުކާރުން އަބަދުވެސް ބުނަމުން ދަނީ ރާއްޖެއިން ބޭރަށް ދަތުރު ކުރަނީ ބޭރު ޤައުމުތަކުން އެހީ ހޯދުމަށާއި، ބޭރު ޤައުމުތަކާއި ގުޅުން ބަދަހި ކުރުމަށްޓަކައި ކަމަށެވެ. ނަމަވެސް މިއަހަރަށް ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދުގެ 50 އިންސައްތަވެސް ނުލިބޭކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުގެ ބައެއް ވަޒީރުން މިވަގުތުވެސް ތިއްބެވީ ރާއްޖެއިން ބޭރުގައެވެ.
މި ލިއުމާއި ގުޅޭ