Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު ޢުސްމާނަށް މަރާލާނެ ކަމުގައި ބުނެ އިންޒާރުދީފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު ޢުސްމާނަށް މަރައިލާނެ ކަމުގައި ބުނެ އިންޒާރުދީފިއެވެ.
ފަނޑިޔާރު ޝުޖާޢުއަށް އިންޒާރުދީފައިވަނީ މާފުށީގައި ހުންނަވަނިކޮށެވެ. އޭނާ މާފުއްޓަށް ވަޑައިގެން ހުންނެވީ ޗުއްޓީ ދަތުރެއްގައި ކަމަށް ހައިކޯޓުން ބުނެފައިވެއެވެ.
ޝުޖާޢަށް އިންޒާރުދީފައިވަނީ ހަށިކޮޅަށް ހަމަލާދީ މާރާމާރީ ހިންގުމަށް އުޅުމަށްފަހު ކަމުގައިވެއެވެ. ޝުޖާޢަށް ހަމަލާދޭން އުޅެ އިންޒާރު ދީފައިވަނީ މާފުށީ ކޯޓުގެ މެޖިސްޓްރޭޓާއެކު ކޮފީ ހިއްޕަވަން އިންނަވަނިކޮށް ކަމުގައި ބައެއް ނޫސްތަކުގައި ލިޔެފައިވެއެވެ.
މިމައްސަލަ ފަނޑިޔާރު ޝުޖާޢު ފުލުހަށް ހުށަހަޅުއްވާފައިވެއެވެ.
އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މަޢުލޫމާތު އަދި ލިބިފައިނުވެއެވެ.
މި ލިއުމާއި ގުޅޭ