Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޖަޕާނުން ހަދިޔާކުރާ ސާމާނުގެ ލިސްޓު ދިވެހި ސަރުކާރަށް އަރުވައިފި

ނިރުނބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އެހީތެރިވުމުގެ ގޮތުން ޖަޕާނުން ދިވެހިރާއްޖެއަށް ހަނދިޔާކުރުމަށް ނިންމާފައިވާ ސާމާނުގެ ލިސްޓެއް ޖަޕާނުން ދިވެހި ސަރުކާރަށް އަރުވައިފިއެވެ.
ޖަޕާނުގެ ފަރާތުން ދިވެހި ސަރުކާރަށް ހަނދިޔާކުރާ ތަކެތީގެ ލިސްޓު ދިވެހި ސަރުކާރަށް އެރުވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. އަދި އެލިސްޓާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދެވެ.
މިލިސްޓުގައި ހިމެނޭ ސާމާނުތަކަކީ މިދިޔަ އޮކްޓޯބަރުމަހު ރައީސް ޞާލިޙު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ދިވެހި ދައުލަތަށް ޖަޕާނުން ހަދިޔާކުރާ ސާމާނެވެ.
ރައީސް ޞާލިޙު ޖަޕާނަށް ކުރެއްވި ދަތުރުގައި ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ޖަޕާނުން ރާއްޖެއަށް 500 މިލިއަން ޖަޕާނު ޔެންގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެއެހީގެ ދަށުން ރާއްޖެއަށް ޖަޕާނުން ފޯރުކޮށްދޭނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންވާ ބައެއް އާލާތްތަކާއި ސާމާނުގެ އިތުރަށް، އޭވިއޭޝަން ކޮމާންޑުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ބައެއް ތަކެއްޗެވެ.
މި ލިއުމާއި ގުޅޭ