Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސަލާމަތީ ބާރުތަކުން މަޑުއްވަރީގައި ހަރުކަށި ފިކުރާ ދެކޮޅަށް ޚާއްޞަ ހަރަކާތެއް ހިންގަނީ

ސިފައިންނާއި ފުލުހުން ގުޅިގެން ރ.މަޑުއްވަރީގައި ހަރުކަށި ފިކުރާ ދެކޮޅަށް ޚާއްޞަ ހަރަކާތެއް ކުރިއަށް އެބަ ގެންދެއެވެ. މިހަރަކާތުގައި ގިނަ ޢަދަދެއްގެ ފުލުހުން މަޑުއްވަރިއަށް އަރައި އެރަށުގެ ގިނަ ގެތަކެއް ބަލައި ފާސްކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.
މިހާރު ނޫހަށް މަޢުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޢަލީ ނަޒީރު ވިދާޅުވެފައިވަނީ ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުކުރެވޭ ބައެއް ގެތަށް ރ.މަޑުއްވަރީގައި ބަލައި ފާސްކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައެވެ. އަދި ސަލާމަތީ ބާރުތަކުން މިހަރަކާތާ ގުޅޭ އިތުރު ތަފުޞީލުތައް ފަހުން ހާމަކުރާނެ ކަމުގައިވެސް ނަޒީރު ވިދާޅުވިއެވެ.
ނިމިދިޔަ މަސްތެރޭގައި ތިލަވި ކަނޑުމަތީގައި މާރާމާރީ ހިންގި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތައް ނިސްބަތްވަނީ ރ.މަޑުއްވަރީއަށެވެ. އެމައްސަލާގައި ހިމެނޭ އިސްމާއީލް ޙައްމާދު ކާވެނީގެ ނަމުގައި 13 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ އަނިޔާކުރުމުގެ މައްސަލަ ފެންމަތިވެފައިވަނީވެސް މަޑުއްވަރީގައެވެ.
އެމައްސަލަ ފެންމަތިވުމާ ގުޅިގެން ޖެންޑަރ މިނިސްޓްރީއާއި ފުލުހުން ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނި އެކުޑަކުއްޖާ ނިސްބަތްވާ ޢާއިލާއަކީ ހަރުކަށި ފިކުރުގެ ޢާއިލާއެއް ކަމުގައާއި އެޢާއިލާއިން އެކުދިންނަށް ލިބެންޖެހޭ ބައިވަރު ޙައްޤުތަކުން އެކުދިން މަހުރޫމުކޮށްފައިވާ ކަމުގައެއެވެ. މިހާރު އެކުދިންވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މަޑުއްވަރީގައި ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރާ 26 ވަރަކަށް މީހުން އުޅެއެވެ. އަދި އެރަށަށް ރަށުން ބޭރުން މީހުން ގެނެސް އެމީހުންގެ ފިކުރު ފަތުރާ ކަމުގައިވެސް އެރަށުގައި ދިރިއުޅޭ ފަރާތްތަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.
މިހާރު ފުލުހުންނާއި ސިފައިން ގުޅިގެން މަޑުއްވަރީގައި ހިންގާ ހަރަކާތުގެ ތަފުސީލުތައް މާދަމާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޢާންމުކުރައްވާނެ ކަމުގައި ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވެފައިވާކަމަށް ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ