ގެއަކަށް ވަދެ، ދެއަންހެނަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި

ޙުސައިން އަފްޝަން 17 ޑިސެމްބަރު 2019 13:10
Flowers
ފޮޓޯ: މިހާރު

ލ.ގަމު ތުނޑީ އަވަށުގެ ގެއަކަށް ވަދެ އެގޭގައި ދިރިއުޅޭ ދެއަންހެންނަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުމުގެ ތުހުމަތުގައި ދެފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 

ފުލުހުންނާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ބުނެފައިވަނީ ލ.ގަމު ތުނޑީ އަވަށުގެ ގެއަށް ވަދެ، އެގޭގައި ދިރިއުޅޭ ދެއަންހެނުންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅެފައިވަނީ ރޭ ދަންވަރު 2.30ހާއިރު ކަމުގައެވެ. އަދި އެމައްސަލަ މިހާރު ފުލުހުން ތަޙުޤީޤުކުރަމުން އަންނަ ކަމުގައިވެސް ފުލުހުންނާ ހަވާލާދީ އެމީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. 

އެމައްސަލާގައި ތުހުމަތުކުރެވިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ޢުމުރުން 28 އަހަރުގެ ފިރިހެނަކާއި ޢުމުރުން 29 އަހަރުގެ ފިރިހެނެކެވެ. ދެމީހުންނަކީވެސް ދިވެހިންނެވެ. އަދި ފުލުހުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެމީހުން ވަދެތިބި ގޭ ތެރެއިން ކަމުގައެވެ. 

އެމައްސަލަ ތަޙުޤީޤުކުރަމުންދާ ކަމުގައި ފުލުހުން ބުނެފައިވެއެވެ. އަދި މައްސަލައިގެ އިތުރު ތަފުޞީލުތަކެއް ފުލުހުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު